Month: އޮކުޓޯބަރު 2026
އަވަސް ކަޅިއަކުން: މައިކަލް އެޗް ހާރޓްގެ "ދި ހަންޑްރެޑް"
1978 ވަނަ އަހަރުގެ މެދެއްހާ ހިސާބުން ދިވެހިން ހައިރާންވި ޚަބަރެއް ރާއްޖޭގައި ފެތުރިގެން ދިޔައެވެ. ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާގެ މަގާމުގައި ދިހަވަނަ އަހަރު ފުރިހަމަ ކުރައްވަމުން ވަޑައިގަންނަވާ ރައީސް، އިތުރު ދައުރަކަށް ހުންނެވުމަށް ބޭނުންފުޅު ނުވާ ކަމުގެ ޚަބަރެވެ. ނަތީޖާ އެއްގެ ގޮތުން ސިޔާސީ މަސްރަހަށް މުޅިން އައު
ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 58
(22 އޮކްޓޯބަރ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ) ބައެއް ރިވާޔަތްތަކުގައިވާގޮތުން، السّــيّــدة ســـــودة ގެ ވަލީވެރިޔެއްގެ ހައިސިއްޔަތުން މިކާވެނިފުޅު ޢަޤްދުކޮށްދެއްވީ، އެކަމަނާގެ ކުރީގެ ފިރިކަލުން السّكـــران ގެ އަޚު حـــاطـب بـــن عَــمـــــرو އެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި، މިކާވެނިފުޅު ކޮށްދެއްވީ، ޚުދު ســـــودة ގެ
ރަޙްމަތުގެ ދީން
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް އިސްލާމްދީނަކީ ރަޙުމަތާއި އޯގާތެރިކަމުގެ ދީނެކެވެ. އަމަންއަމާންކަމުގެ ސަގާފަތެކެވެ. އިސްލާމްދީނުގެ މައިގަނޑު އެއް ގޮވައިލުމަކީ އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ގޮވައިލުމެވެ. ރަޙުމާއި ގާތްކަމުގެ ގޮވައިލުމެވެ. ކީރިތި ޤުރްއާން ހުޅުވައިލުމާއެކު އެންމެ ފުރަތަމަ ފެންނަ އާޔަތަކީ މިއީއެވެ. [ރަޙްމާނުވަންތަ ރަޙީމުވަންތަ
މާއްދިއްޔަތުގެ ދަޅަތަކުން ސަލާމަތްވުން
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ކާމިޔާބީ ބޭނުންނަމަ އިންސާނާއަށް ޖެހެނީ މާއްދިއްޔަތުގެ ދަޅަތަކުން ސަލާމަތްވެ، އަމިއްލަ އެދުންތައް ދޫކޮށްލައި އިލާހީ ޙަޤީޤަތްތަކާއި ތެދުގެ މައްޗަށް ސަމާޅުކަން ދޭށެވެ. ސުވަރުގެއަށް ވާސިލުވާން އޮތް މަގަކީ މިއީއެވެ. ކީރިތި ޤުރްއާނުގެ 7 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ
ދުނިޔަވީ ދިރިއުޅުމުގެ ބޭނުން ފުރިހަމައަށް ހިފުން
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ދިރިއުޅުމުގެ ބޭނުމަކީ އީމާންކަމެވެ. ނުވަތަ ޙަޤީޤަތް ގަބޫލުކުރުމެވެ. ހުރިހައި ނުބައި ކަމަކާ ދުރުހެލިވެ ރަނގަޅު ހުރިހައި ކަމެއްގެ ތެރެއަށް ވަންނާން މަސައްކަތް ކުރުމާއެކު އެހެން މީހުންވެސް އެ މަގަށް ގެންނާން މަސައްކަތްކުރުމެވެ. ކީރިތި ޤުރްއާނުގެ 103 ވަނަ ސޫރަތުގައި
މާއްދީ ތަކެތީގެ ފަހަތުން ދުވުން
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް އިންސާނާ ބޭނުންވަނީ ވީހައިވެސް ގިނައެއްކޮށް ދުނިޔަވީ ތަކެތި އެއްކޮށް ޖަމާކުރާށެވެ. އެކަމަކު އެއިން އެއްވެސް އެއްޗެއްގެ ބޭނުމެއް ނުހިފޭނެކަން އޭނާއަށް އެނގެނީ މަރުވެ އާޚިރަތަށް ދަތުރުކުރެވުނީމައެވެ. ކީރިތި ޤުރްއާނުގެ 102 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި
ތިބާގެ ހަނދާނުން މާދަރީބަސް ފޮހެވިގެން ހިނގައިދާނެބާ؟
މައިގަނޑު މައުލޫމާތު: ސޯފީ ހާޑެކް ގެ ލިޔުމަކުން ޖަރުމަންވިލާތަށް އުފަން، ނަމަވެސް މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ (ޔުނިވަރސިޓީ އޮފް އެސެކްސްގައި ކިޔަވައިދެއްވާ) ޕްރޮފެސަރ މޮނިކާ ޝްމިޑްލިޔުއްވާފައި ވެއެވެ. "މިވަގުތު އަޅުގަނޑު އިށީދެގެން މިއިނީ ލަންޑަނުގައި އަޅުގަނޑު ދިރިއުޅޭ ގޭގެ ބަދިގޭގައެވެ. ޖަރުމަނުގައި، އަޅުގަނޑުމެން ދެބެންގެ އުފަން ރަށުގައި މިހާރުވެސް
ހެޔޮ ނިޔަތެއް ނެތް ޢަމަލެއްގައި ބުރަދަނެއް ނެތް
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް މި ދުނިޔޭގައި ބާޠިލަކީވެސް ބުރަދަންހުރި އެއްޗެއްގެ ގޮތުގައި ބައެއް ފަހަރު ފެނިގެން ހިނގައިދެއެވެ. އެކަމަކު އާޚިރަތްދުވަސް މުޅީން ތަފާތު ވާނެއެވެ. ބުރަދަން ހުރި އެއްޗެއްގެ ގޮތުގައި ފެންނާނީ ހަމައެކަނި ޙައްޤެވެ. ކީރިތި ޤުރްއާނުގެ 101 ވަނަ ސޫރަތުގައި ﷲ
ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 57
(15 އޮކްޓޯބަރ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ) "މީސްތަކުން އަހުރެންނަށް ކާފަރުވީއިރު އެކަމަނާ އަހުރެންނަށް އީމާންވެވަޑައިގެންނެވިއެވެ. މީސްތަކުން އަހުރެން ދޮގުކުރިއިރު އެކަމަނާ އަހުރެން ތަޞްދީޤު ކުރެއްވިއެވެ. މީސްތަކުން އަހުރެން މަޙްރޫމުކުރިއިރު އެކަމަނާގެ މުއްސަނދިފުޅުކަމުގައި އަހުރެން ބައިވެރިކުރެއްވިއެވެ. އެކަމަނާގެ ފަރާތްޕުޅުން އަހުރެންނަށް ދަރީން ދެއްވިއެވެ. އެހެނިހެން އަނބީންގެ ފަރާތަކުން
