(29 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އައްޒަޣަލްގެ މާޔޫސީ (1) ބަދްރު ބިން މުޣީރާ ގާއިމު ހުންނެވީ ފަރުބަދަމަތީގެ މަރުކަޒެއްގައެވެ. ހަވީރުގެ ވަގުތު އޭނާ މަރުކަޒުގެ ގޯތިތެރޭގައި އޭނާގެ ލަޝްކަރަށް އިރުޝާދުދެއްވާން ހުންނެވިއެވެ. އެވަގުތު ވަރަށް ބާރަށް އަސް ދުއްވަމުން އައި ސަވާރަކު މަރުކަޒަށް ވަދެއްޖެއެވެ.


