
ޞަޙާބީންނާއެކު 365 ދުވަސް – 8: "ދެމީހުންކުރެ އެކަކު"
ގުރައިޝު ވަންހައިގެ ކާފަރުންނަށް ކީރިތި ރަސޫލާ ހިޖުރަކުރެއްވިކަން އެނގުމާއެކު އިތުރުއެކަލޭގެފާނާއި އަބޫބަކުރުގެފާނު ހޯދަން އެކި ދިމަދިމާއަށް ބައިބަޔަށް މީހުން ފޮނުވައިފިއެވެ. އެއް ބަޔަކު ކީރިތި ރަސޫލާގެ ފައިތިލަފުޅު ޖެހުނު ނިޝާން ބަލަމުން ދިޔައެވެ. އެކަމަކު ފަރުބަދަޔާ ހަމައަށް ދެވުމާއެކު އެމީހުންނަށް އެ ނިޝާން ގެއްލިއްޖެއެވެ. އެމީހުން އެކަލޭގެފާނާއި އަބުބާކުރުގެފާނާ