Month: ނޮވެންބަރު 2026
ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވޭ
މި ދުނިޔޭގައި އިންސާނާގެ ދިރިހުރުން ބިނާވެފައިވަނީ، މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ، ﷲ ސުބުޙާނަހޫވަތަޢާލާގެ މަތިވެރި ޙަޟުރަތާއެކު ކުރެވޭ މުޢާމަލާތާއި، ދުނިޔޭގައި ލެއްވިހައި މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތުގެ މައްޗަށެވެ. މިގޮތުން އިންސާނާ އޭނާގެ އަމިއްލަ ނަފުސާއެކު ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ކުރެވޭ މުޢާމަލާތު ކަމުގައި
ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 60
(5 ނޮވެމްބަރ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އެބަގީޗާގެ ވެރީންކަމުގައިވާ عـُـــتُـــبــة އާއި شَــيْـــبَـــة ގެ ހިތުގައި އިތުރު ސާހިބާގެ މައްޗަށް ކުލުނާއި ސަހަރޯވެރިކަން އުފެދުނެވެ. އެދެމީހުން އެބައިމީހުންގެ ނަޞާރާ ޚާދިމު عــدّاس އަށް ގޮވައިގެނެސް ތަށްޓަކަށް މޭބިސްކަދުރުކޯނިތަކެއް ލައިފައި އަރިހަށް ފޮނުވިއެވެ. عــدّاس އިތުރު ސާހިބާގެ
ރާހި ނުވަތަ ހޮރަސްކޯޕްގެ ޙަޤީޤަތަކީ ކޮބާ؟
އެސްޓްރޮލޮޖީއަކީ ނުވަތަ ނުޖޫމީ ޢިލްމަކީ ތަރިތަކުގެ ސަބަބުން ދުނިޔެއަށާއި އެހެނިހެން ތަކެއްޗަށް ކުރާ އަސަރު ދެނެގަތުން ކަމަށް އެ ޢިލްމުގެ އަހުލުވެރިން ބުނެއެވެ. އެކަމަކު ޢާއްމު ގޮތެއްގައި މި ޢިލްމުގެ ބޭނުން ކުރެވެނީ ތަރިތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް ބަޔާން ކޮށް ދިނުމުގެ ގޮތުންނެވެ. އިރާއި
ޝެއިޚް ޔަޙްޔާ އިބްރާހީމްގެ އިމްތިހާނު
އުފަންވި ގައުމަށާއި ކިޔަވައިވިދާޅުވި ތަނަށް ނިސްބަތް ކުރާނަމަ، ޝެއިޚް ޔަޙްޔާ އިބްރާހީމަކީ ކެނެޑާ މީހެކެވެ. އިލްމުވެރި ކާބަފައިންނަކީ މިސްރު މީހުންނެވެ. އަނބިކަނބަލުންގެ ފަހަތްޕުޅުގައި ވަނީ ތުރުކީ މަތިކޮޅެވެ. ހިޖުރަކުރައްވާހިތުން ހިޖުރަކުރައްވައި މިހާރު ދިރިއުޅުއްވަނީ ހުޅަނގު އޮސްޓްރޭލިޔާގެ ވެރިރަށް ޕާރތުގައެވެ. ޝެއިޚް ޔަޙްޔާ އިބްރާހީމް ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި
ހާރުކާ މީދާ
ކުޑަކުދިންގެ ބަހުރުވަ އަކީ ޚާއްސަ ބަހުރުވައެކެވެ. ކޮންމެ ކުޑަ ކުއްޖަކުވެސް ވާހަކަ ދައްކަން ފަށަނީ އޭނާގެ އަމިއްލަ ބަހުރުވައަކުންނެވެ. އެ ބަހުރުވައަކީ އެ ކުއްޖަކު ބޮޑު ވެގެން އަންނަ މާހައުލާއި އިވޭ އަޑުތަކެއްގެ ސަބަބުން ކުއްޖާއަށް ދަސްވާ ބަހުރުވައެއް ކަމަށް މާހިރުން ވިދާޅުވެއެވެ. ބައެއް ފަހަރަށް އިވޭ އަޑު
އައު އީޖާދު
އަހަރެން އިނީ ޕާކުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ދެކޭ މީހަކަށް ހީވާނީ އަވީގައި ޖެހިލަން އިނީ ކަމުގައެވެ. ކައިރީގައި ހުންނަ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން މެންދުރު ކާށާއި އަރާމު ކޮށްލަން މި ޕާކަށް އައިސް އުޅެއެވެ. ބައެއް މީހުން އަވީގައި ޖެހިލައިގެން ނާރުތަކަށް ލިބިފައިވާ ލޮޑުކަން ފިލުވައިލަނީއެވެ.
މުސްލިމުންނަށް ކުރިމަތިވެދާނެ ފިތުނަތަކުން ސަލާމަތްވުމަށްވަނީ އިންޒާރުދެއްވާފައި
ދިރިއުޅުމުގެ މައިދާނުގައި އިންސާނުންގެ ޢަމަލުތައް ހުންނަގޮތެއްގެމަތިން އެބައިމީހުންނަށް އެކިކަހަލަ ކަންތައްތައް ތަޖުރިބާކުރަން ޖެހެއެވެ. މީސްތަކުންގެ ޢަމަލުތައް އިސްލާމްދީނުގެ ސާފުސީދާ އުސޫލުތަކާ އެއްކިބާވެގެން ދިޔުމަކީ اللَّهُގެ ކޯފާއާއި ޢަޛާބު އެކި ސިފަސިފާގައި ކުރިމަތިކުރައްވާ ކަމެކެވެ. ވޭތިވެދިޔަ އުއްމަތްތަކުގެ ތާރީޚު ދިރާސާކޮށްފި ކޮންމެ މީހަކަށް، ވަރަށް ސާފުކޮށް މިކަން ފެންނާން އެބައޮތެވެ.
ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 59
(29 އޮކްޓޯބަރ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ) ޠާއިފަށް ވަޑައިގެންނެވުންޢާއިލާއިން ބޭރުކޮށްލުމަކީ ކިހައިވަރެއްގެ ކަމެއްކަން އަންދާޒާކުރުމަކީ މިޒަމާނުގައި މާފަސޭހަކަމަކަށް ނުވެދާނެއެވެ. ޢަރަބީންގެ ޤަބީލީ ނިޒާމުގައި ޢާއިލާގެ ޙިމާޔަތުން ބޭރުވުމަކީ ކާޅުބައިގަނޑެއްގެ ތެރެޔަށް ކުކުޅުފިޔޮކެއް ދޫކޮށްލުންފަދަ ކަމެކެވެ. އެއީ ފަރުދެއްގެ ހައިސިއްޔަތުން ލިބޭންޖެހޭ ހުރިހައި ޙިމާޔަތަކާއި ރައްކާތެރިކަމެއް ނިގުޅައިގަނެވުމެވެ.
