ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 17

(8 ޖަނަވަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ) الإمـــام إبــــن تـيـمــيّـــة ލިޔުއްވައިފައިވެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ފަސްދޮޅަސްތިން އަހަރުފުޅު ދުނިޔޭގައި ހޭދަކުރެއްވިއެވެ. އެކަމަކު ދުވަހަކު އިތުރުފުޅެއް ނުހައްދަވައެވެ. ދުވަހަކުވެސް ޚިޔާނާތްތެރިވެވަޑައެއް ނުގަންނަވައެވެ. ހަޑިހުތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ދޫފުޅު އަބަދުވެސް ގެންގުޅުއްވީ ބުއްދިފުޅުގެ

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 16

(1 ޖަނަވަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އަރަހުށި މާތް اللّــــه ވަނީ عــبـــدالمـطَّــلِــب ގެފާނަށް ވެރިކަމާއި މުދަލާއި ބޭފުޅުން ދެއްވުމުގައި ނުހަނު ދީލަތިވަންތަވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ އުފަން ބޭފުޅުން އެބަތިއްބެވިއެވެ. ކާފަމާފަ ވިދާޅުވާ ބޭފުޅުން އެބަތިއްބެވިއެވެ. އެކަމަކު އެންމެ ލޯބިފުޅުވާ ދަރިކަލުން عــبـــد اللّــــه އެއް ނެތެވެ.

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 15

(25 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضــــى اللّــــه عـنــهــــا އާ ކާވެނިބައްލަވައިގެންނެވިއިރު ޚާއްޞަގޮތަކަށް އެކަމަނާއަށް ދަޢުވަތު ދެއްވައިގެން ގެންނެވިއެވެ. އޭގެފަހުންވެސް حــلـيـمـــة ގެފާނު އެއްފަހަރަކު މައްކާއަށް ވަޑައިގެންނެވިކަން އެނގެއެވެ. އެކަމަނާ ވަޑައިގެންނެވީ

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 14

(18 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) إبـــن إسحـــاق ރިވާކުރައްވައިފައިވެއެވެ. حــلـيـمـــة ގެފާނު ވިދާޅުވިއެވެ. ކިރުދޭނެ ކުދީން ހޯދާން މައްކާއަށް އައި ســعــد ވަންހައިގެ އަންހެނުންގެ ޖަމާޢަތެއްގައި އަހަރެންވެސް މައްކާއަށް އަތުވެއްޖައީމެވެ. އަހަރެންގެ ފިރިކަލުންނާއި އަހަރެންގެ ކިރުބޯ ތުއްތު ކުއްޖަކާ އެކުގައެވެ. އެދުވަސްވަރަކީ ރަށްތަދު ތަދުމަޑުކަމުގެ

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 13

(11 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) ބިންމަތީގައި ނަންފުޅަކީ محــمّــــد އެވެ. عــبـــدالمـطَّــلِــب ގެފާނު އެކަލޭގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނަށް ހަތްދުވަސްފުޅުވީ ދުވަހު ޢަޤީޤާ ކަތިލައްވައި ޤުރައިޝުންނަށް ދަޢުވަތުދެއްވިއެވެ. ޢަޤީޤާ ކަތިލުމަކީ އިބްރާހީމީ ސުންނަތްތަކުގެ ތެރެއިން އޭރުވެސް ޢަރަބީންގެ ތެރެއިން ފިލައިގެން ނުގޮސް އޮތް ކަމެކެވެ. عــبـــدالمـطَّــلِــب

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 12

(4 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) عــبـــدالمـطَّــلِــب ގެފާނު އެޒަމާނުގައި ގެންގުޅުނު ފާލުބަލައިއުޅޭ ތީރުތަކެއްގައި އެބޭފުޅުންގެ ނަންފުޅުތައް ލިޔުއްވިއެވެ. އެއަށްފަހު އެހުރިހައި ބޭފުޅުން ގޮވައިގެން ވަޑައިގެން އެތީރުތައް ހުބަލުގެ ޤައްޔަމާ (ސާދިނާ) ޙަވާލުކުރެއްވިއެވެ. އެކަލޭގެ އެޒަމާނުގައި ލާގޮތަށް ޤުރްޢަތުލުމުން ޤުރްޢަތުން ހޮވުނީ عــبـــد اللّــــه ގެފާނެވެ.

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 11

(27 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) أُبْـــــرَهَـــــــةُ ގެ ލަޝްކަރު އެގޮތުގައި ކުރިޔަށްނުދެވި މަޑުކޮށްގެން ތިއްބައި އަރަހުށި މާތް اللّــــه އެބައިމީހުންގެ ހަލާކު ފޮނުއްވައިފިއެވެ. އެކަލާނގެ ފޮނުއްވީ އަބާބީލު ދޫނިބައިބައިގަނޑުގަނޑެވެ. އެއިން ކޮންމެ ދޫންޏެއްވެސް ތިން ހިލަކޮޅު ގެނެއެވެ. ތުނބުން އެއްހިލަ ދެފައިގެ އިނގިލިތަކުން ދެހިލަކޮޅެވެ.

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 10

(20 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އަންހެން ބޭފުޅުންނަކީ أمّ الحـكــيــم (بـيـضـــاء) ، بـَــــرَّة، عَـاتـِكَــة، صَـفـــيّـــة، اَرْوَاى، أُمَــيْــمَـــة އެވެ. އަޅުގަނޑު عــبـــدالمـطَّــلِــب ގެފާނުގެ ބޭފުޅުންގެ ނަންފުޅުތައް މިބަޔާންކުރީ الّـــرحـيـــق المـخــتــــوم ގައިވާ ގޮތަށެވެ. މިބޭފުޅުންގެ ރީތިފުޅުކަމާއި އަޚްލާޤު ރަނގަޅުފުޅުކަމާއި ޤާބިލުކަމުގެ ސަބަބުން

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 9

(13 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) عــبـــدالمـطَّــلِــب ގެފާނު އެންމެފަހުން އެ މައްސަލަ ޔަޘްރިބުގައި ތިއްބަވާ އެކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުން ކަމުގައިވާ ނައްޖާރުވަންހައިގެ ބޭކަލުންގެ ސަމާލުކަމަށް ގެންނަވައިފިއެވެ. عــبـــدالمـطَّــلِــب ގެފާނު އެބޭކަލުންނަށް ފޮނުއްވި ޅެންބައިތުތަކެއްގައެވެ. عــبـــدالمـطَّــلِــب ގެފާނުގެ ބޮޑުބޭބޭފުޅު أبـــو ســعــد بـــن عـــدى الـنـجّـــار

ކީރިތި ރަސޫލާގެ ސިޔަރަތު

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 8

(6 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) قُـصَــيُّ ގެ ހަބޭފުޅުން ތިއްބެވިއެވެ. އޭގެތެރެއިން އެންމެ ދޮށިބޭފުޅަކީ عــبـــدالـــدّار އެވެ. ދެވަނަ ބޭފުޅަކީ عــبـــد مـــنـــــاف (مــغـــيـــرة) އެވެ. قُـصَــيُّ ގެ ޙަޔާތްޕުޅުގައިމެ عــبـــد مـــنـــــاف ގެ މާތްކަމާއި ޢިއްޒަތްތެރިކަން ބޮޑުވެ މަޝްހޫރުވެއްޖެއެވެ. عــبـــدالـــدّار އަކީ قُـصَــيُّ