ހަދީސު ނަންބަރު 12
نُهِينَا أَنْ نَسْأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ شَيْءٍ (كُنَّا نُهِينَا فِي الْقُرْآنِ أَنْ نَسْأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ شَيْءٍ) فَكَانَ يُعْجِبُنَا أَنْ يَجِيءَ الرَّجُلُ مِنْ أَهْلِ الْبَادِيَةِ الْعَاقِلُ فَيَسْأَلَهُ وَنَحْنُ نَسْمَعُ فَجَاءَ رَجُلٌ مِنْ أَهْلِ الْبَادِيَةِ فَقَالَ يَا مُحَمَّدُ أَتَانَا رَسُولُكَ فَزَعَمَ لَنَا أَنَّكَ تَزْعُمُ أَنَّ اللَّهَ أَرْسَلَكَ قَالَ صَدَقَ قَالَ فَمَنْ خَلَقَ السَّمَاءَ قَالَ اللَّهُ قَالَ فَمَنْ خَلَقَ اْلأَرْضَ قَالَ اللَّهُ قَالَ فَمَنْ نَصَبَ هَذِهِ الْجِبَالَ وَجَعَلَ فِيهَا مَا جَعَلَ قَالَ اللَّهُ قَالَ فَبِالَّذِي خَلَقَ السَّمَاءَ وَخَلَقَ اْلأَرْضَ وَنَصَبَ هَذِهِ الْجِبَالَ آللَّهُ أَرْسَلَكَ قَالَ نَعَمْ قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا خَمْسَ صَلَوَاتٍ فِي يَوْمِنَا وَلَيْلَتِنَا قَالَ صَدَقَ قَالَ فَبِالَّذِي أَرْسَلَكَ آللَّهُ أَمَرَكَ بِهَذَا قَالَ نَعَمْ قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا زَكَاةً فِي أَمْوَالِنَا قَالَ صَدَقَ قَالَ فَبِالَّذِي أَرْسَلَكَ آللَّهُ أَمَرَكَ بِهَذَا قَالَ نَعَمْ قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا صَوْمَ شَهْرِ رَمَضَانَ فِي سَنَتِنَا قَالَ صَدَقَ قَالَ فَبِالَّذِي أَرْسَلَكَ آللَّهُ أَمَرَكَ بِهَذَا قَالَ نَعَمْ قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا حَجَّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً قَالَ صَدَقَ قَالَ ثُمَّ وَلَّى قَالَ وَالَّذِي بَعَثَكَ بِالْحَقِّ لاَ أَزِيدُ عَلَيْهِنَّ وَلاَ أَنْقُصُ مِنْهُنَّ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَئِنْ صَدَقَ لَيَدْخُلَنَّ الْجَنَّةَ [1]
ތަރުޖަމާ (13)
މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނައަށް رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މާގިނައިން ސުވާލު ކުރުން، މަނާ ކުރަށްވާފައެވެ. (ބައެއް ރިވާޔަތްތަކުގައި ވަނީ އެއީ ޤުރުއާން ބާވައި ލެއްވެމުންދާ ވަގުތަކަށްވާތީވެ، ސުވާލު ކުރުން ގިނަ ނުކުރުމަށެވެ.)[2] އެހެންކަމުން އަދަބުވެރި، އަޚްލާޤެއްގެ ވެރި، ބަދަވީންގެ މީހަކު رَسُولُ اللَّهِ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ސުވާލެއް ކޮށްލާ އަޑު އިވުމަކީ ތިމަންމެން ވަރަށް އެދިއެދި ތިބޭ ކަމެކެވެ. އެއްދުވަހު ބަދަވީންގެ ހިސާބުގަނޑަކުން އައިމީހަކު ކީރިތި ރަސޫލާގެ އަރިހު ދެންނެވިއެވެ. އޭ މުޙައްމަދެވެ! ކަލޭގެފާނު ފޮނުއްވި މީހަކު ތިމަންމެންގެ ގާތަށް އައިސް، ކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލަކު ކަމުގައި އެބަ ކަށަވަރުކޮށްދެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެވިދާޅުވީ ތެދެކެވެ. އެމީހާ ދެންނެވިއެވެ. އުޑު އުފެއްދެވީ ކާކުތޯ ވިދާޅުވެދެއްބަލަވާށެވެ! އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެއީ ﷲއެވެ. ދެން އޭނާ ދެންނެވިއެވެ. އެހެންވެއްޖެނަމަ ބިން އުފެއްދެވީ ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އެއީވެސް ﷲ އެވެ. އޭނާ ދެންނެވިއެވެ. މިތިބަ ފަރުބަދަތައް ބިމުގައި ކޮޅަށްޖައްސަވައި، މީގައި މިހިރަ ތަކެތި މިގޮތަށް ލައްވައި ކަނޑައެޅުއްވީ ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އެއީވެސް ﷲ އެވެ. ދެން އެމީހާ ދެންނެވިއެވެ. އެހެންކަމަށް ވާނަމަ، މިއުޑު ހައްދަވައި، ބިން އުފައްދަވައި، ބިމުގައި މިހުރިހާ ފަރުބަދަތައް ލައްވައި، އޭގައި މިވާހާ ތަކެތި ލެއްވި ﷲގެ ޙައްޤުގައި، ނިކަން ތެދަށް ވިދާޅުވެ ބައްލަވާށެވެ! ކަލޭގެފާނު ތިޔަ ވަޑައިގަތީ ހަމަ ﷲގެ ޙަޟުރަތުންތޯއެވެ؟ އެކަލޭގެފާނު އާނއެކޭ، ޙަދީޘު ކުރެއްވުމުން ދެންނެވިއެވެ. އަދިވެސް ކަލޭގެފާނު ފޮނުއްވި މީހާ، ތިމަންމެންގެ މައްޗަށް ރެއަކާދުވާލު ފަސް ނަމާދު ފަރުޟު ކުރަށްވާފައިވާ ވާހަކަވެސް އެބަބުނެއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެއީވެސް ތެދެކެވެ. އޭނާ ދެންނެވިއެވެ. ﷲއަށްޓަކައި ދަންނަވަމެވެ. އެއިލާހު ކަލޭގެފާނަށް އެކަން އެންގެވިތޯއެވެ؟ އެކަލޭގެފާނު އާއެނކޭ ވިދާޅުވުމުން ދެންނެވިއެވެ. ކަލޭގެފާނު ފޮނުއްވި މީހާ، ތިމަންމެންގެ މުދަލުން، ތިމަންމެންގެ މައްޗަށް ޒަކާތް ދޭންޖެހޭނެ ކަމުގައި އެބަބުނެއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އޭނާ އެބުނީވެސް ތެދެކެވެ. އޭނާ ދެންނެވިއެވެ. ﷲއަށްޓަކައި ދަންނަވަމެވެ. އެއިލާހު ކަލޭގެފާނަށް އެކަން އެންގެވިތޯއެވެ؟ އެކަލޭގެފާނު އާއެނކޭ ވިދާޅުވުމުން ދެންނެވިއެވެ. ﷲއަށްޓަކައި ދަންނަވަމެވެ. އެއިލާހު ކަލޭގެފާނަށް އެކަން އެންގެވިތޯއެވެ؟ އެކަލޭގެފާނު އާއެނކޭ ވިދާޅުވުމުން ދެންނެވިއެވެ. ކަލޭގެފާނު ފޮނުއްވި މީހާ، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ތިމަންމެނަށް ރޯދަ ހިފަންޖެހޭނެ ކަމަށް އެބަބުނެއެވެ. އެކަލޭގެފާނު އޭނާ އެބުނީވެސް ތެދެކޭ، ވިދާޅުވުމުން ދެންނެވިއެވެ. ﷲއަށްޓަކައި ވިދާޅުވެ ބައްލަވާށެވެ! އެއީވެސް ﷲގެ އަމުރުފުޅެއްތޯއެވެ؟ އެކަލޭގެފާނު އާއެނކޭ ވިދާޅުވުމުން ދެންނެވިއެވެ. ކަލޭގެފާނު ފޮނުއްވި މީހާ، ތިމަންމެންގެ ތެރޭން، ތިމާއަށް ކުޅަދާނަވީ މީހަކު ކަޢުބަތުﷲ ގެފުޅަށް ޙައްޖުވާންޖެހޭނެއޭވެސް އެބަބުނެއެވެ. އެކަލޭގެފާނު އެއީވެސް ތެދެކޭ، ޙަދީޘުކުރެއްވުމުން އައިކޮޅަށް އެނބުރިދާން ޤަޞްދުކޮށްފައި، ދެންނެވިއެވެ. ޙައްޤު ދީނާއިގެން ކަލޭގެފާނު ފޮނުއްވި އިލާހު ގަންދީ ބުނަމެވެ. އެއިން އެއްޗެއް އެޅިޔަނުދޭނަމެވެ. އަދި އެއަށް އިތުރެއްވެސް ނުކުރާނަމެވެ. މިއަޑު އައްސަވާފައި އިތުރު އެކަލާގެފާނު ޙަދީޘު ކުރެއްވިއެވެ. އެބުނީ ތެދެއްކަމުގައި ވާނަމަ، އޭނާ ސުވަރުގެ ދާހުއްޓެވެ.
[1] ރިވާކުރެއްވީ އިމާމު އަޙްމަދާއި ދާރަމީއެވެ. އަދި ހަ އިމާމުންނެވެ.
[2] މީގެ މުރާދަކީ ބޭނުމެއްނެތް ސުވާލުކޮށް ނުހެދުމަށެވެ. އެއާ ޚިލާފަށް ދިރިއުޅުމުގައި ބޭނުމެއް ޖެހޭ ކޮންމެ ހިނދަކު އެކަމަކާ މެދު ސުވާލެއް އުފެދިއްޖެނަމަ، އެސުވާލެއް ކުރުމަކީ މަނާކަމެއް ނޫނެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރަށްވާފައި ވެއެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَسۡـَٔلُواْ عَنۡ أَشۡيَآءَ إِن تُبۡدَ لَكُمۡ تَسُؤۡكُمۡ﴾ (المائدة: ١٠١) މިއެވެ. މާނައީ: އޭއީމާންވީ މީހުންނޭވެ! އެކަމުގެ ޙަޤީޤަތް އަންގަވައިފިނަމަ ފަހަރެއްގައި އެއީ ތިޔަބައިމީހުން ނުރުހޭ ކަމަކަށްވެސް ވެދާނެތީވެ، ދީނުގައި ތިޔަބައިމީހުންނަށް އަންގަވާފައި ނެތް ކަންކަމަކާމެދު ސުވާލުކޮށް ހޯދަން ނޫޅޭށެވެ!
