
بَابُ النَّهْيِ عَنِ الرِّوَايَةِ عَنِ الضُّعَفَاءِ وَاْلاِحْتِيَاطِ فِي تَحَمُّلِهَا
ޟަޢީފު ރާވީންގެ ކިބައިން ޙަދީޘު ރިވާކުރުން މަނާވެގެންވުމާއި އެފަދަ ރިވާޔަތްތައް ލިބިގަތުމުގައި ރައްކައުތެރިވެ ތިބެންޖެހޭކަން ބަޔާންވެގެންވާ ބާބު
ޙަދީޘު ނަންބަރު (7):
عَنْ أَبِي هُرَيْرَةَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ سَيَكُونُ فِي آخِرِ أُمَّتِي أُنَاسٌ يُحَدِّثُونَكُمْ مَا لَمْ تَسْمَعُوا أَنْتُمْ وَلاَ آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ [1]
ތަރުޖަމާ (7):
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ލޮބުވެތި رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން މިބަސްފުޅު ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ތިމަން ރަސޫލާގެ އުއްމަތުގެ ފަހުބައިގައި އަންނާނެ ބަޔަކު، ދީނުގެ ނަމުގައި ތިޔަބައިމީހުންވެސް އަދި ތިޔަބައިމީހުންގެ ކާބަފައިންވެސް އަޑުނާހާކަހަލަ ވާހަކަ ރިވާކުރަމުންދާނެއެވެ. ދަންނާށެވެ! އެފަދަ މީހުންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްވެ ތިބޭށެވެ.
[1] އިމާމު މުސްލިމުގެ އިތުރުން މިޙަދީޘު ރިވާކުރަށްވާފައިވަނީ އިމާމު އަޙްމަދެވެ.