ޙަދީޘު ނަންބަރު (11)
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَلُونِي فَهَابُوهُ أَنْ يَسْأَلُوهُ فَجَاءَ رَجُلٌ فَجَلَسَ عِنْدَ رُكْبَتَيْهِ فَقَالَ يَا رَسُولَ اللَّهِ مَا اْلإِسْلاَمُ قَالَ لاَ تُشْرِكُ بِاللَّهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ قَالَ صَدَقْتَ قَالَ يَا رَسُولَ اللَّهِ مَا اْلإِيمَانُ قَالَ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكِتَابِهِ وَلِقَائِهِ وَرُسُلِهِ وَتُؤْمِنَ بِالْبَعْثِ وَتُؤْمِنَ بِالْقَدَرِ كُلِّهِ قَالَ صَدَقْتَ قَالَ يَا رَسُولَ اللَّهِ مَا اْلإِحْسَانُ قَالَ أَنْ تَخْشَى اللَّهَ كَأَنَّكَ تَرَاهُ فَإِنَّكَ إِنْ لاَ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ قَالَ صَدَقْتَ قَالَ يَا رَسُولَ اللَّهِ مَتَى تَقُومُ السَّاعَةُ قَالَ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ وَسَأُحَدِّثُكَ عَنْ أَشْرَاطِهَا إِذَا رَأَيْتَ الْمَرْأَةَ تَلِدُ رَبَّهَا فَذَاكَ مِنْ أَشْرَاطِهَا وَإِذَا رَأَيْتَ الْحُفَاةَ الْعُرَاةَ الصُّمَّ الْبُكْمَ مُلُوكَ اْلأَرْضِ فَذَاكَ مِنْ أَشْرَاطِهَا وَإِذَا رَأَيْتَ رِعَاءَ الْبَهْمِ يَتَطَاوَلُونَ فِي الْبُنْيَانِ فَذَاكَ مِنْ أَشْرَاطِهَا فِي خَمْسٍ مِنْ الْغَيْبِ لاَ يَعْلَمُهُنَّ إِلاَّ اللَّهُ ثُمَّ قَرَأَ ﭽإِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي اْلأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ ﭼ قَالَ ثُمَّ قَامَ الرَّجُلُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رُدُّوهُ عَلَيَّ فَالْتُمِسَ فَلَمْ يَجِدُوهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَذَا جِبْرِيلُ أَرَادَ أَنْ تَعَلَّمُوا إِذْ لَمْ تَسْأَلُوا 1
ތަރުޖަމާ (11)
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރޭން ބޭނުންމީހަކު ތިމަންކަލޭގެފާނާ ސުވާލުކުރާށެވެ! އެހިނދު އެއްވެސް އަޞްޙާބު ބޭކަލަކަށް ސުވާލެއް ދަންނަވާކަށް ކެރިވަޑައިނުގަތެވެ. ކުއްލިއަކަށް އެތަނަށް މީހަކު އައެވެ. އެމީހާ ކީރިތި ރަސޫލާގެ ކުރިފުޅުމަތީގައި އިށީދެއްޖެއެވެ. އަދި ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އިސްލާމް ކަމަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އިސްލާމް ކަމަކީ ކަލޭ އެއްވެސް އެއްޗަކާ ﷲ އާ ބައިވެރި ނުކުރުމެވެ. އަދި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަ ހިފުމެވެ. މިބަސްފުޅު އަހާފައި އޭނާ ދެންނެވިއެވެ. ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ދެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އީމާންކަމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އެއީ ކަލޭ ﷲ އަށް އީމާންވުމާއި އެއިލާހުގެ މަލާއިކަތުންނަށާއި ފޮތްތަކަށާއި އެއިލާހާއި ބައްދަލުވާނެ ކަމަށާއި އެއިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވުމެވެ. އަދި އަލުން ދިރުއްވާނެ ކަމަށާއި ދެމިންވަރަށް އީމާންވުމެވެ. އޭނާ ދެންނެވިއެވެ. ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ދެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އިޙްސާންކަމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އިޙްސާންކަމަކީ ތިމާގެ ލޮލުން ﷲ ދެކެދެކެހުންނަ ފަދައިންހުރެ އެއިލާހަށް ބިރުވެތިވުމެވެ. ފަހެ ތިމާއަށް އެއިލާހު ފެންނަ ކަމުގައި ނުވިއަސް، އެއިލާހު، ތިމާ ދެކެވޮޑިގެންވާކަން ދަތުމެވެ. އޭނާ ދެންނެވިއެވެ. ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ދެން ނިކަން ޤިޔާމަތްވާނެ އިރެއް ވިދާޅުވެ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ތިޔާއިމެދު ސުވާލު ވެވުނު މީހާއަށް ވުރެން ބޮޑަކަށް އެނގޭނީ ސުވާލުކުރި މީހާއަށްކަން ނޭނގެއެވެ. އެހެނެއްކަމަކު އޭގެ ޢަލާމާތްތައް ބުނެދީފާނަމައެވެ. އަންހެނާ ތިމާގެ ބަނޑުން، ތިމާގެ ސާހިބާ ވިހާތަން ކަލެއަށް ފެނިއްޖެނަމަ ޤިޔާމަތް ގާތްވެއްޖެކަން ދަންނާށެވެ! އަދި ބީރު، މަންމަން،2 ޤައުމުގެ ނިކަމެތި ފަޤީރުން ރަށުގެ ވެރިންގެ ގޮތުގައި އިސްކުރެވޭހިނދު ދަންނާށެވެ! އެއީ ވެސް އެކަމުގެ ޢަލާމަތެކެވެ. އަދި ހުއިހައްޕާ މީހުންފަދަ އާދައިގެ މަސައްކަތުމީހުން އިމާރާތްތައް އުސްކުރަން ފެށުމީވެސް ޤިޔާމަތުގެ ޢަލާމަތެކެވެ. އަދި ދަންނާށެވެ! ޣައިބުގެ ފަސްކަމެއް ވެއެވެ. އެއިން ކަމެއް ﷲ ނޫން ފަރާތަކަށް އެނގިގެނެއް ނުވެއެވެ. މިހެން ވިދާޅުވެ އިތުރު އެކަލޭގެފާނު އަންނަނިވި އާޔަތް ކިޔަވައި ވިދާޅުވިއެވެ. ﴿إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ٣٤﴾ 3 މާނައީ: ޤިޔާމަތް ދުވަހާބެހޭ ގޮތުން އެނގިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. ވާރޭ ވެއްސަވަނީ ހަމަ އެއިލާހެވެ. މައިމީހާގެ ރަޙިމުގައި ވާއެއްޗަކާމެދު ދެނެވޮޑިގެންވަނީ ހަމަ އެއިލާހުއެވެ. މާދަން ތިމާ ކުރާނެ ކަމަކާމެދު ހަމަ އެކަކަށް ވެސް އެނގިގެނެއްނުވެއެވެ. އަދި ތިމާ މަރުވެގެންދާނީ ކޮން ބިމެއްގައިކަން ހަމަ އެކަކަށްވެސް އެނގިގެނެއް ނުވެއެވެ. ދަންނާށެވެ! ﷲ އީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ބޮޑަށް ޚަބަރު ލިބިވޮޑިގެންވާ އިލާހެވެ. މިއެވެ. ދެން އަބޫހުރައިރާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ މިއާޔަތް ކިޔަވައި ވިދާޅުވުމުން، މިމީހަކު ނިކުމެންގެ ގޮސްފިއެވެ. އެހިނދު رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. ނިކަން އޭނާއަށް ގޮވާލަބަލާށެވެ! އަޞްޙާބު ބޭކަލުން އޭނާ ހޯއްދަވަން ނިކުމެ ވަޑައިގަތެވެ. އެކަމަކު ޖެހުނުތާ ލަކުނުވެސް ނެތެވެ. މިޚަބަރު ލިބިވަޑައިގަތުމުން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. އެއީ ޖިބްރީލެވެ. ވަޑައިގަތީ ތިޔަބައިމީހުންނަށް ސުވާލުކުރަން ނުކެރުމުން، އެކަލޭގެފާނުންގެ ސުވާލުތަކުން ތިޔަބައިމީހުން ތިމާމެންގެ ދީން އުނގެނިގަތުމަށެވެ. މިއެވެ.
[1] މިރިވާޔަތް ރިވާކުރެއްވީ އިމާމު އަޙްމަދެވެ. އަދި އިމާމު މުސްލިމުގެ އިތުރުން ބުޚާރީއާއި ނަސާއީއާއި އިބްނުމާޖާއެވެ.
[2] އިމާމު ނަވަވީ ވިދާޅުވެފައި ވަނީ މިތާގައި ބީރު، މަންމަންގެ މުރާދަކީ އެއްވެސް އެއްޗެއް ނުކިޔަވާތިބި މުރައްކަބު ޖާހިލުންގެ ވާހަކައެވެ. ކޮންމެހެން އެމީހުން ބީރުވެފައި މައްމަން ވެފައިވާ ވާހަކައެއް ނޫނެވެ.
[3] ސޫރަތު ލުޤްމާން: (34)
