ޙަދީޘު ނަންބަރު (15)
جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ دُلَّنِي عَلَى عَمَلٍ أَعْمَلُهُ يُدْنِينِي مِنَ الْجَنَّةِ وَيُبَاعِدُنِي مِنَ النَّارِ قَالَ تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصِلُ ذَا رَحِمِكَ فَلَمَّا أَدْبَرَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنْ تَمَسَّكَ بِمَا أُمِرَ بِهِ دَخَلَ الْجَنَّةَ [1]
ތަރުޖަމާ (15)
އަދިވެސް މާތް ﷲ ރުއްސުންލެއްވި އަބޫ އައްޔޫބުގެ ކިބައިން ރިވާވެގެން ވެއެވެ. މީހަކު އައިސް رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހު ދެންނެވިއެވެ. ތިމަން އެކަމެއް ކުރުމުން ސުވަރުގެއާއި ގާތްވާނެ، އަދި ނަރަކައާއި ދުރުވެގަނެވޭނެ ޢަމަލެއް ވިދާޅުވެބައްލަވާށެވެ! އިތުރު އެކަލޭގެފާނު ހަދީޘު ކުރެއްވިއެވެ. ﷲއަށް އަޅުކަންކުރުމުގައި އެއްވެސް އެއްޗަކާ އެއިލާހާ ޝަރީކު ނުކުރާށެވެ! އަދި ނަމާދު ޤާއިމުކޮށް، ޒަކާތްދީ ހަދާށެވެ. ކަލެއާ ގުޅިފައިވާ ރަޙިމުގެ ގުޅުން ކެނޑިޔަ ނުދޭށެވެ! ދެން އޭނާ އެނބުރި ދިއުމުން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. އޭނާއަށް މިއެންގުނު ކަންތަކުގައި ހިފަހައްޓައިފި ކަމުގައި ވާނަމަ ދަންނާށެވެ! އޭނާއަށް ސުވަރުގެ ލިބުން ހުއްޓެވެ.
[1] ރިވާކުރެއްވީ އިމާމު އަޙްމަދެވެ. އަދި މުސްލިމްގެ އިތުރުން ބުޚާރީއާއި ނަސާއީއެވެ.
