ކުރުވާހަކަ

ހިތާމައެއް

ލޯބިވާ ދަރިފުޅާއެވެ. މަންމައަށް ދަރިފުޅު ލިބުނީ މީގެ ސޯޅަ ނުވަތަ ސަތާރަ އަހަރު ކުރިންނެވެ. އެ ދުވަހުވެސް މޫސުން އޮތީ މިއަދު މި އޮތް ކަހަލަ ގޮތަކަށް ހޫނުކޮށެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހުރީ ހަމަ މިއަދު ހުރި ގޮތަށެވެ. މިހާރު އެ ހަދާހެން މުގޮށި މީދާތައް

ކުރުވާހަކަ

އައު އީޖާދު

އަހަރެން އިނީ ޕާކުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ދެކޭ މީހަކަށް ހީވާނީ އަވީގައި ޖެހިލަން އިނީ ކަމުގައެވެ. ކައިރީގައި ހުންނަ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން މެންދުރު ކާށާއި އަރާމު ކޮށްލަން މި ޕާކަށް އައިސް އުޅެއެވެ. ބައެއް މީހުން އަވީގައި ޖެހިލައިގެން ނާރުތަކަށް ލިބިފައިވާ ލޮޑުކަން ފިލުވައިލަނީއެވެ.

ކުރުވާހަކަ

އަދަބީ އުކުޅު

ބުރުސޫރައަށް ބަލާ އިރު އެއީ އެހައި ޚާއްޞަ މީހެކޭ އެއްގޮތަކަށް ވެސް ހިއެއްނުވެއެވެ. އެއީ އިސްކޮޅުން ކުރު މީހެކެވެ. ހިކިމީހެކެވެ. މޫނުމަތީން ވެސް އެއްވެސް ކަހަލަ އާދަޔާ ޚިލާފުކަމެއް ފެންނާކަށް ނެތެވެ. އޭނާ އަކީ އެ ރީތި އޮފީހުގައި ޖެހިފައިވާ ހުތުރު ލައްގަނޑެކޭ ވެސް ހީވެއެވެ. ފުރަތަމަ ފެންނަ

ކުރުވާހަކަ

ތިން ލޯބިވެރިން

ލިޔުއްވީ: ހަލް ބޯލަންޑް ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ Hal Borland އަކީ ވަރަށް ގިނަ ވާހަކަފޮތް ވެސް ލިޔުއްވި މަޝްހޫރު ނޫސްވެރިއެކެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އަވަހާރަވީ 1978 ގައެވެ. "އެ ތިން ޒުވާނުންގެ ތެރެއިން އަންހެން ކުއްޖާއަށް ވަރޖީނިއާ

ކުރުވާހަކަ

ކުރުވާހަކަ: ތަވީދު

ޙަސަން ތައްޚާނުގެ ގެ ހޯދަން އުޅެއުޅެ މިހާރު ވަރުބަލިވެއްޖެއެވެ. ގަނޑިން މެންދުރުން އަނބުރާ ދޭއް ޖަހައިފިއެވެ. އަދިވެސް އެ ގެ ފެންނަ ގޮތެއް ނުވެއެވެ. އަހަރެން ރުޅި އައިސްގެން ތުންފަތުގައި ދަތް އަޅައިގެން ހުރެ ޒުހުރާ ދައްތައާއި ސުހައިލުގެ ފަހަތުން ހިނގަމުން ދިޔައީމެވެ. އަހަރެމެންނަށް މަގު ދައްކަމުންދާ ކިލަލާ

ކުރުވާހަކަ

ކުރުވާހަކަ: ލިބާސް

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް ލިބާހަކީ އިންސާނާ ކިބުރުވެރި ކުރުވާ އެއްޗެކެވެ. އޭނާގެ ހިތަށް އެރި އެވެ. ލިބާހެއް ނުލައި، މުޅީން ބަރަހަނާ ވެގެން ރަށު ތެރޭގައި ބުރެއް ޖަހައިލާން ވީއެވެ. ހުރިހައި މަގަކުން ހިނގައިލާން ވީއެވެ. އެކަމަކު… އެއީ ފަސޭހަ ކަމެއް ހެއްޔެވެ؟ އެއީ ވަރަށް އުނދަގޫ ކަމެކެވެ.

ކުރުވާހަކަ

ކުރުވާހަކަ: ބާލިބާސް

"ނުކެރޭނެ- އަޅުގަނޑު ލަދުގަނޭ-" "އައްދޭ- ކޮން ލަދެއް- ކަލޭ ދުވަހަކުވެސް ލިބާސް ނުބާލަނީތަ-؟" "ނޫން-" ސަމީރާ ލަދުން މޫނުގައި އަތްއެޅިއެވެ. "ލިބާސް ބާލާނީތަ-؟ ނޫނީ ޒުހުރާ ދައްތައަށް ގޮވަންވީތަ-؟" ޝަބާނާ ހަޅޭއްލަވައިގަތެވެ. އަޑުގައި ވަނީ އަމުރުވެރި ކަމެވެ. އެއީ އާދައެވެ. ސަމީރާ ލަދުންނާއި ބިރުން ހުރެ ލިބާސް ބާލައިފިއެވެ.

ކުރުވާހަކަ

ލަވަކިޔާ ކުއްޖާ

ނޯޓު: މިއީ އަފްޣާނިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ ޢަބްދުލްވަކީލް ސުލަމާލް ޝިންވާރީ ލިޔުއްވައިފައިވާ ކުރު ވާހަކައެއްގެ ތަރުޖަމާ އެކެވެ. ސުލަމާލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1964 ވަނަ އަހަރުއެވެ. އޭނާ ތަޢުލީމު ހާސިލު ކުރެއްވީ އަފްޣާނިސްތާނުންނާއި، ކުރީގެ ސޯވިއެޓް ޔޫނިއަނުންނެވެ. އޭނާ ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވައިގަތީ 1994 ވަނަ އަހަރު

ކުރުވާހަކަ

ލޮލުގެ ޖާދޫ

މިއީ އިންޑިއާގެ ލިޔުންތެރިއެއް ކަމުގައިވާ ރުސްކިން ބޮންޑް ލިޔެފައިވާ ކުރުވާހަކައެއްގެ ތަރުޖަމާއެކެވެ. ރުސްކިން ބޮންޑަކީ އިނގިރޭސި ދަރިކޮޅެއްގެ މީހެކެވެ. އޭނާ އުފަންވީ 19 މޭ 1934 ގައެވެ. މިހާރުގެ އުމުރަކީ 91 އަހަރެވެ. އަދިވެސް ލިޔުމުގައި ކުރިއަށް އެބަދެއެވެ. އޭނާ ގިނައިން ލިޔެފައި ވަނީ ކުޑަކުދިންގެ ވާހަކައެވެ. މީގެ އިތުރަށް