ނަބަވީ އަޚްލާޤް 5 – ދުޝްމިނުންނަށް މަޢާފުކުރެއްވުން
ޢަބްދުލްމާލިކް މުޖާހިދް ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ބަދުރު ހަނގުރާމަ ކުރީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުއެވެ. އެ ހަނގުރާމައިގައިﷲ ތަޢާލާ ޤުރައިޝް ވަންހައިގެ މީހުން ބަލި ކުރެއްވިއެވެ. މައްކަތުލްމުކައްރަމާގެ އަހުލުވެރިން ތިބީ ހަނގުރާމައިގެ ނަތީޖާގެ ޚަބަރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަ ވެފައެވެ.
