ޞަޙީޙް މުސްލިމް: ހަދީސު ނަންބަރު 3

ޙަދީޘު ނަންބަރު (3):

عَنْ أَنَسِ بْنِ مَالِكٍ [1]  أَنَّهُ قَالَ إِنَّهُ لَيَمْنَعُنِي أَنْ أُحَدِّثَكُمْ حَدِيثًا كَثِيرًا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ تَعَمَّدَ عَلَيَّ كَذِبًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ[2]

ތަރުޖަމާ (3):

މާތް ﷲ ރުއްސުންލެއްވި އަނަސް އިބްނު މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ jގެ އަރިހުން ރިވާވެގެންވާ މިޙަދީޘު ތިޔަބައިމީހުންގެ ގާތުގައި ކިތަންމެ ގިނައިން ވިދާޅުވުމަކަށްވެސް ތިމަން ކަލޭގެފާނު ފަސްޖެހި ވަޑައިނުގަންނަވާހުށީމެވެ. އެކަލޭގެފާނު މިފަދައިން ޙަދީޘުކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް ނިސްބަތްކޮށް ދޮގެއްހަދަން ޤަޞްދުކޮށްފި މީހާ ދަންނާށެވެ! ފަހެ އޭނާ ނަރަކައިން ތިމާ އިށީނދެ އިންނާނެ ތަން ތައްޔާރަށް ބަހައްޓާހުށި ކަމެވެ."

[1] އެއީ ޙަރާމުގެ ފުތް ޒައިދުގެ ފުތް ޟަމްޟަމްގެ ފުތް ނަޟަރުގެ ފުތް މާލިކުގެ ފުތް އަނަސް އެވެ. ވަނަމަކީ އަބޫ ޙަމްޒާއެވެ. އެކަލޭގެފާނަކީ ކީރިތި ރަސޫލާގެ ޞަޙަބީ ބޭކަލުންގެ ތެރޭން އަންޞާރިއްޔަ ބޭކަލެކެވެ. ދިރިއުޅުއްވީ ބަޞަރާގައެވެ. އަވަހާރަވީ އިޖުރައިން 91 ގައެވެ.

[2] މުސްލިމުގެ އިތުރުން މިޙަދީޘު ރިވާކުރަށްވާފައި ވަނީ އިމާމު އަޙްމަދާއި ދާރުޤުޠްނީއެވެ. އަދި އިމާމު ނަސާއީއާއި އަބޫދާއޫދު ފިޔަވައި އަނެއް ތިން އިމާމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.