ޙަދީޘު ނަންބަރު (12)
جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ ثَائِرُ الرَّأْسِ نَسْمَعُ دَوِيَّ صَوْتِهِ وَلاَ نَفْقَهُ مَا يَقُولُ حَتَّى دَنَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا هُوَ يَسْأَلُ عَنِ اْلإِسْلاَمِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ فَقَالَ هَلْ عَلَيَّ غَيْرُهُنَّ قَالَ لاَ إِلاَّ أَنْ تَطَّوَّعَ وَصِيَامُ شَهْرِ رَمَضَانَ فَقَالَ هَلْ عَلَيَّ غَيْرُهُ فَقَالَ لاَ إِلاَّ أَنْ تَطَّوَّعَ وَذَكَرَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الزَّكَاةَ فَقَالَ هَلْ عَلَيَّ غَيْرُهَا قَالَ لاَ إِلاَّ أَنْ تَطَّوَّعَ قَالَ فَأَدْبَرَ الرَّجُلُ وَهُوَ يَقُولُ وَاللَّهِ لاَ أَزِيدُ عَلَى هَذَا وَلاَ أَنْقُصُ مِنْهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْلَحَ إِنْ صَدَقَ [1]
އެހެން ރިވާޔަތެއްގައި ވަނީ أَفْلَحَ وَأَبِيهِ إِنْ صَدَقَ أَوْ دَخَلَ الْجَنَّةَ وَأَبِيهِ إِنْ صَدَقَ މިފަދައިންނެވެ.
ތަރުޖަމާ (12)
މާތް ﷲ ރުއްސުންލެއްވި ޠަލްޙާ އިބްނު ޢުބައިދުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއްފަހަރަކު ނަޖުދު ކަރައިގެ މީހަކު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައެވެ. ދަތުރުގެ ސަބަބުން މިމީހާހުރީ ބޯހޭވިފައެވެ. މިމީހާ ދުރުގައި ހުރެ ބާރުއަޑުން ހަޅެއްލަވާތީވެ، ރަސޫލާއާ މުޚާޠަބުކޮށް އޭނާ ބުނާއެއްޗެއް ތިމަންނަމެންނަށް ފަހުމުވާ ވަރުވެސް ނުވެއެވެ. ދެން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް، އިސްލާމް ކަމަކީ ކޮބައިތޯ، މީނާ ދެންނެވިއެވެ. رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. އެއީ ރެއާދުވާލު އޮންނަ ފަރުޟު ފަސް ނަމާދެވެ. މީނާ ދެންނެވިއެވެ. ތިމަންގެ މައްޗަށް އިތުރު އެހެން ކަމެއް އެބައޮތް ތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ނޫނެކެވެ. ކަލޭ ތަޠައްވުޢުގެ ގޮތުން ކުރާ ނަމާދެއް މެނުވީއެވެ. ދެން އޮތްކަމަކީ ރަމަޟާންމަހު ރޯދަ ހިފުމެވެ. މީނާ ދެންނެވިއެވެ. އިތުރު އެހެން ރޯދައެއް ފަރުޟު ވެގެންވޭތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ނޫނެކެވެ. ކަލޭ ތަޠައްވުޢުގެ ގޮތުން ހިފާ ރޯދައެއް މެނުވީއެވެ. رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެން ބަޔާންކުރެއްވީ ޒަކާތެވެ. މީނާ ދެންނެވިއެވެ. އެއަށްވުރެ އިތުރު ހޭދައެއް ކުރަންޖެހޭނެތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ނޫނެކެވެ. ކަލޭ ތަޠައްވުޢުގެ ގޮތުން ކުރާ ހޭދައެއް މެނުވީއެވެ. މިހިސާބަށް ބަޔާންކުރެއްވުމަށް ފަހު ޠަލްޙާ ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ މިބަސްފުޅު އަޑުއެހުމަށް ފަހު މިމީހާ އެނބުރި ދާންފެށިއެވެ. އަދި ދިޔައީ މިހެން ކިޔަމުންނެވެ. ﷲ ގަންދީ ބުނަމެވެ. ތިޔަ ވިދާޅުވި ކަންތަކަށް ވުރެން އިތުރު ނުކުރާހުށީމެވެ. އަދި އެއަކަށް އުންޏެއްވެސް ނުގެންނަހުށީމެވެ. އެހިނދު ތިމަންމެންގެ ގާތު رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. އޭނާ އެބުނީ ތެދެއްކަމުގައިވަނީނަމަ، އޭނާ ކާމިޔާބު ވެއްޖެއެވެ. ނުވަތަ އެއީ ސުވަރުގެ ވެރިއެއްކަން ކަށަވަރެވެ.[2] މިއެވެ.
[1] މިޙަދީޘު ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދާއި ދާރަމީއެވެ. އަދި އިމާމު ތިރުމިޛީ ފިޔަވައި ފަސް އިމާމުންނެވެ.
[2] މިތާގައި އޭނާ ހަމައެކަނި ފަރުޟު އަދާކުރުމުން ކާމިޔާބު ވާނެ ކަމަށް ކީރިތި ރަސޫލާ ޙަދީޘު ކުރެއްވި ސަބަބަކީ ކޮބައިތޯ، މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ ފަރުޟުތަކަށް އުނިނުކޮށް އެކަންތައްތަކަށް ފަރުވާ ބަހައްޓާ މީހާއަށް ފަހުން ސުއްނަތްތައް އަދާކުރުމުގެ ޝައުޤުވެރިކަން އުފެދޭނެތީއާއި ފަރުޟަށް އެއްވެސް އުނިކަމެއް ނުގެނެސް ފުރިހަމައަށް އަދާކުރާނެ ކަމަށް ވަޢުދުވުމަކީ ޢަމަލީ މައިދާނުގައި އެޅެވޭ ވަރަށްބޮޑު ހަރުދަނާ ފިޔަވަޅަކަށްވާތީ ކީރިތި ރަސޫލާ އެގޮތަށް ޙަދީޘު ކުރެއްވީ ކަމަށެވެ.
