ޢަބްދުﷲ ނަޢީމު އިބްރާހީމް ގެ ލިޔުންތައް
އެކަތައިގެ ކަނޑިއާއި ޙިކުމަތުގެ ކަނޑިި
ހަނގުރާމައެއްގައި ޙިކްމަތްތެރި ބޭކަލަކު ކާފަރަކާ ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. މާ ގިނަ އިރުތަކެއް ނުވެ ކާފަރު ކަލޭގެ ބަލިވެއްޖެއެވެ. އެކަލޭގެފާނު އޭނާ ޤަތުލު ކުރައްވަން ގަސްތު ކުރެއްވި ވަގުތު އެ ކަލޭގެ އެ ޙިކްމަތްތެރި ބޭކަލެއްގެ މޫނުފުޅަށް ކުޅު ޖަހައިފިއެވެ. އެ ވަގުތު އެކަލޭގެފާނު ކަނޑިކޮޅު ތިރިކުރައްވައިފައި ވިދާޅުވިއެވެ.
ދެ މަގުު
ހެޔޮ ކަމުގެ މަގުގައި ހިނގާ މީހަކަށް ވަރަށް ގިނަ ހުރަސްތައް ގިރާ ކުރަން ޖެހެއެވެ. މިއީ ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތާމެދު ވިސްނާލި ކޮންމެ މީހަކަށް އެނގޭނޭ ޙަޤީޤަތެކެވެ. ޝައިޠާނާ ރެޔާ ދުވާލު މަސައްކަތް ކުރަމުން ދަނީ އިންސާނުން މަގު ފުރައްދާށެވެ. އާދަމް ޢަލައިހިއްސަލާމް ހައްދަވައި ފުރާނަ އެޅުއްވުމަށް
ތަމްސީލު ކުޅޭ މީހަކަށް ވާށެވެ.
ތަމްސީލު ޝޯތައް ބާއްވާ މީހަކު ބުނެފައި ވެއެވެ. "ތަމްސީލަކީ ދިރިއުޅުމެވެ. ތަމްސީލުން ފެންނާނީ ދިރިއުޅުމުގެ ޙަޤީޤަތެވެ. ފެންނަ މަންޒަރުތަކާ ކޮންމެވެސް ކަހަލަ ގުޅުމެއް އޮތް މީހަކު ތަމްސީލު ބަލަން ހުންނާނެއެވެ. އިސްޓޭޖު މަތިން އެ ފެންނަނީ ތިމަންގެ ދިރިއުޅުމޭ އޭނާގެ ހިތަށް އަރާނެއެވެ. އެކަމަކު އެ ދިރިއުޅުމުގައި އޭނާއެއް
ރަޙްމަތުގެ ދޮރު
ޖެނެރަލް ޕޯލްޓްރޭ ލަމޯޝޭ އަކީ ފަރަންސޭސި ސިފައިންގެ އިސް ވެރިއެކެވެ. އެއް ދުވަހަކު އޭނާ މަގެއްގެ މަތީން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އާދައިގެ ސިފައިންގެ މީހަކު ފެނިވަޑައިގެންފިއެވެ. އެ ސިފައިންގެމީހާ ހުރީ ރާ ބޮއިގެން މަސްތު ވެފައެވެ. ޖެނެރަލް ކޯފާވެގެން އޭނާގެ ކަންކަށިމަތީގައި ވަރަށް ބާރަށް ޖައްސަވައިފިއެވެ. އެހެން ނަމަވެސް
އިސްލާމްދީނުގައި ނާމާންކަމެއް ނެތް
އިސްލާމް މިބަހުގެ މާނަ ދެގޮތަކަށް ކުރެވެއެވެ. އެއް މާނައަކީ ޞުލްޙައާއި އަމާންކަމެވެ. ދެވަނަ މާނައަކީ ބޯލަނބައި ކިޔަމަންގަތުމެވެ. މިދެމާނަ އެއްކޮށްގެން އިސްލާމް ގެ މާނަކޮށް އުޅޭ ގޮތަކީ ޞުލްޙަވެރިކަމާއި އަމާންކަމާއެކު ﷲ އަށް ބޯލަނބައި ކިޔަމަންގަތުމެވެ. އިސްލާމް ގެ މާނައަށް ބަލާއިރު އެއްވެސް ކަހަލަ ހަރުކަށިކަމެއް ނުފެނެއެވެ. ނާމާންކަމެއް
ދެ ދުނިޔެ ބާއްޖަވެރި ކުރުންް
އަޅުގަނޑުމެންގެ އިޙްސާސްތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެއީ އެންމެން ދަންނަ ޙަޤީޤަތެކެވެ. މީގެ އިތުރަށް ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިޙްސާސްތަކަށް ކުރާ އަސަރަކީވެސް ސިއްރެއް ނޫނެވެ. މިސާލަކަށް 1997 ވަނަ އަހަރު އެމެރިކަން ހާޓް އެސޯސިއޭޝަންގެ މަޖައްލާ ގައި
މަރަށް ތައްޔާރުވުން
ޤުރައިޝާ އަކީ ޢުމުރުން 21 އަހަރުގެ ކުއްޖެކެވެ. ވަރަށް ކުޑަ އިރު ޖެހުނު ބައްޔެއްގެ ސަބަބުން އޭނާގެ އަތާއި ފައި ހަލުވައެއް ނުލެވެއެވެ. އޭނާ އަށް ޖެހިފައި ވަނީ ގޮނޑިއެއްގައި އިށީނދެގެން އިންނާށެވެ. ނުވަތަ އެނދުގައި އޮށޯވެގެން އޮންނާށެވެ. އޭނާ އޮތީ އިންޑިއާގެ ޕަޓްނާގެ ހަސްފަތާލެއްގައެވެ. އެ ހަސްފަތާލަކީ
