
އަންދަލުސްގެ ބާޒު – 6
(12 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އަންނާން އޮތް ނުރައްކަލުގެ އިހުސާސް ކުރެއްވުމާއެކު މުޣީރާ އަންދަލުސްގެ އެކި ދިމަދިމައިގައި މުޖާހިދުންގެ ޖަމާއަތްތައް ތައްޔާރު ކުރައްވާން ފަށްޓަވައިފިއެވެ. މި މަސައްކަތްޕުޅުގެ ތެރެއިން ކުރެއްވި އެއް ކަމަކީ މިނިވަން ސަރަހައްދުގެ ވެރިކަން ވަގުތީ ގޮތުން އެހެން މީހަކާ ހަވާލު