ޢިބާދާތު
އެކުއެކީގައި ހެޔޮކަންތައް ކުރުމުން ލިބޭ ފައިދާ އެނގޭތަ؟
އިންސާނީ ނަސްލަށް ނަޒަރު ހިންގާލުމުން ފެންނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވާ ތަފާތު ކުލަކުލައިގެ، ތަފާތު އިސްކޮޅުގެ މީހުންނެވެ. އެކި ވަންހަތަކުގެ މީހުންނެވެ. އެމީހުންގެ ގަބޫލުކުރުން ތަފާތުވެފައި އުޅުމާއި ޚަޞީލަތްތައްވެސް ތަފާތެވެ. މާތް ﷲ ވަނީ އެމީހުންނަށް އެންމެ އަގުބޮޑު މީރު ކެއިން ބުއިމާއި އެހާމެރީތި ފޭރާން ވެސް ދެއްވާފައިވެއެވެ.
ފިޠުރު ޒަކާތް ނަގުދު ފައިސާއިން ދެއްކުން ހުއްދަނޫންބާ!
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ، وَبَعْدُ! ފިޠުރު ޒަކާތް ފިޠުރު ޒަކާތް ދިނުމަކީ ވާޖިބުވެގެންވާ އަޅުކަމެކެވެ. ރޯދަ މަހުގެ ރޯދަ ހިފައި ނިމިގެން ޢީދު ދުވަހު ތިމާއާއި ޢާއިލާގެ މީހުން ކައިގެން ބާކީ ވާނަމަ އެއެއްޗަކު ޞާއެއްގެ މިންވަރެވެ. އެބަހީ
ނަމާދު ދޫކޮށް ނުލާތި!
މިއީ ޢިބުރަތްތެރި ވާހަކަ އެކެވެ. މިވާހަ ކިޔުމަށްފަހު ނަމާދާއި މެދު ވިސްނާށެވެ. އަޅުގަނޑު މިވާހަކަ ގެންނަނީ ﷲ ކީރިތި ޤުރުއާނުގައި ނަމާދު ކުރުމަށް ކުރައްވާފައިވާ އަމުރުފުޅުތަކާއި އަދި ނަމާދު ނުކުރުމުން ހުރި ޢަޒާބުގެ ވާހަކަތަކާއި ރަސޫލާ صلى الله عليه وسلم އުއްމަތައް ދެއްވާފައިވާ އިރުޝާދުތައް މަދުވެގެން ނޫނެވެ.
ޢީދު ނަމާދު ކުރާނެ ސުއްނަތް ގޮތް
ޢީދު ނަމާދަކީ ސުއްނަތް ނަމާދެއް ޢީދު ނަމާދަކީ ގަދަވެގެންވާ ސުއްނަތް ނަމާދެކެވެ. މިއީ ޝާފިޢީ މަޛްހަބާއި މާލިކީ މަޙްހަބާއި ޙަނަފީ މަޛްހަބުގެވެސް ރައުޔެވެ. އެހެނަސް އިމާމު އަބޫ ޙަނީފާގެ އެއްބަސްފުޅަކީ އަދި އަޙްމަދުގެ މަޛްހަބަކީ މިއީ ކިފާޔަތުގެ ފަރުޟެއް ކަމަށެވެ. ފިޠުރި ޢީދާއި އަޟްޙާ ޢީދެވެ. މިނަމާދު ސުއްނަތް
ފިޠުރު ޒަކާތް ދައްކާނީ ސަރުކާރަށްތަ، ނޫނީ އަމިއްލައަށްތަ؟
ރަމަޟާން މަސް ފެށުމާއެކު، ދެން އެންމެ ބޮޑަށް މުސްލިމުންގެ ހަނދާނަށް އަންނާނީ ފިޠުރު ޒަކާތެވެ. ރަމަޟާން މަހުން ފާއިތުވަމުންދާ ކޮންމެ ދުވަހަކާ އެކު، މި ހަނދާންތައް ހިތުގައި އާވެ ތާޒާވަމުން އައުދެއެވެ. ހަމައެފަދައިން، ފިޠުރު ޒަކާތާ ގުޅިފައިވާ ފިޤްހީ ކަންކަމާ މެދު ކުރެވޭ ބަހުސްތައް ވެސް އަންނަނީ އިތުރުވަމުންނެވެ.
މުސްލިމަކު ނަމާދު އެޅުމަކީ އޭނާ ކާފަރުވާނެ ކަމެއްބާ؟
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ، وَبَعْدُ! މުސްލިމަކީ ކޮބައިތޯއެވެ؟ މުސްލިމަކީ އީމާންކަމުގެ ރުކުންތައް ހިތުން ތެދުކޮށް ޤަބޫލުކުރުމާއެކު ތިމާގެ ދުލުން ޝަހާދަތުގެ ދެކަލިމަ ކިޔައި އިޤްރާރުވުމެވެ. މިބުނެވުނު ރުކުންތައް ހަ އެކެވެ. އެއީ ﷲއަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި ބާވައިލެއްވުނު
