
އަންދަލުސްގެ ބާޒު – 3
(16 އެޕުރީލު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ) މޫސާ ވިދާޅުވިއެވެ. "އަޅުގަނޑު ވާހަކައެއް ދަންނަވަންތޯއެވެ؟" ބަދްރު ވިދާޅުވިއެވެ. "ވިދާޅުވާށެވެ." "އަޅުގަނޑު ހީކޮށްގެން ހުރީ ހާލަތު އޮތް ގޮތުން މަނިކުފާނު އުޅުއްވާނީ ވަރަށް ބޮޑަށް ފަރުވާތެރިވެވަޑައިގެން ކަމުގައެވެ. އެކަމަކު މިއަދު ތިޔަ ކުރެއްވި ކަމަކީ މަނިކުފާނުގެ އާދަފުޅާ ގުޅޭ