ހުވަފެނުގައި ކީރިތި ރަސޫލާ ފެނިގެން އެވެނި ކަމެއް ކުރުމަށް ނުވަތަ އެވެނި ދުޢާއެއް ވިދާޅުވެދެއްވިކަމަށް ބުނާބުނުން.
ބައެއް މީހުންނަށް ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ހުވަފެނުގައި ފެނުނުކަމަށާއި، އެވެނި ދުޢާއެއް އުނގަންނައިދެއްވިކަމަށް، ނުވަތަ އެވެނި ކަމެއްކުރުމަށް ޙަދީޘްކުރެއްވިކަމަށް ބުނެއުޅެއެވެ. މިއީ މުސްލިމުން އެއާމެދު އިންތިހާއަށް ބިރުވެތިވާން ޖެހިފައިވާ ކަމެކެވެ. މި މައްސަލާގައި ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުން ބައެއްކަންކަން ބަޔާންކޮށްލަމެވެ. ފުރަތަމައީ: ހުވަފެނުގައި ރަސޫލު اللَّهِ
