ޢިބާދާތު
އަޟްޙިޔާ ކަތިލުމާއި އޭގެ ޙުކުމް
އަޟްޙިޔާއަކީ މާތް الله ގެ ޙަޟްރަތަށް ކުއްތަންވުމުގެ ގޮތުން ޢީދު ދުވަހާއި ޢީދުގެ ފަހުން އަންނަ އައްޔާމުއްތަޝްރީޤު ތިންދުވަހުގައި ކަތިލެވޭ ނަޢަމު ސޫފިތަކެވެ. ނަޢަމު ސޫފިއޭ ކިޔާ އުޅެނީ ގެރި، ބަކަރި، ޖަމަލަށެވެ. މުސްލިމުން އަޟްޙިޔާ ކަތިލަން ޖެހޭކަން ކީރިތިޤުރްއާނާއި ސުންނަތުން ސާބިތުވެފައިވެއެވެ. قال تعالى {فَصَلِّ لِرَبِّكَ
ދީނަކީ ފިތުނަ ފަސާދައިގެ ސަބަބަކަށް ވިޔަ ނުދެމާ
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ، وَبَعْدُ އިއްޔެ އަޅުގަނޑު "މިލާބް" ގައި ލިއުމެއް ޝާއިޢުކޮށްފައި ވާނެއެވެ. ހުކުރު ދުވަހުގައި ޢީދުއަތުވެއްޖެނަމަ ދީނުގެ އިތުބާރު ހިފޭ ޢިލްމުވެރިންގެ އަރިހުގައި ކަންކުރާނެ ގޮތާ ބެހޭގޮތުންނެވެ. މިގޮތަށް ހުކުރާ ޢީދާ އެއްދުވަހެއްގައި ދިމާވެއްޖެނަމަ ކަންކުރަންވާ
ދެޢީދު އެއްދުވަހެއްގައި ޖަމާވަނީ
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ، وَبَعْدُ މިލިއުމުގައި އަންނަ މުހިއްމު ނުގުތާތައް ހުކުރު ދުވަހު ޢީދު ދުވަސް އައުމަކީ ބަރަކާތްތެރި ދެ ޢީދު އެއްދުވަހަކު ޖަމާވުމެވެ. ރާއްޖޭގައި މިހާރަކަށް އައިސް ފެތުރިގެން އުޅޭ ޙައިރާން ކުރުވަނިވި ފަތުވާއެކެވެ. ޢީދު ނަމާދަކީ
މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތެއްތިރީސްވަނަ ޙައްޖު
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ، وَبَعْدُ! ޙައްޖަކީ ކޮބާ؟ ޙައްޖަކީ މުސްލިމުންގެ ބައިނަލް އަޤްވާމީ އަހަރީ އެންމެ ބޮޑު ކޮންފްރެންސެވެ. މިކޮންފަރެންސުގައި މުޅިދުނިޔެއިން މުސްލިމުން ބައިވެރިވެއެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު މުސްލިމުންގެ ޙައްޖަކީ އަހަރަކު އެއްފަހަރު ކަނޑައެޅިފައިވާ ދުވަސްތަކުގައި ކަނޑައެޅިފައިވާ
ނަމާދުގައި ޚުޝޫޢަތްތެރިކަން ހޯދާނެގޮތުގެ ޢަމަލީ މަސައްކަތް
ނަމާދަށް ހުއްޓިހުރެ ދާއިމަށް ދިރި ދެމިވޮޑިގެންވާ ﷲ އަށް ތިބާގެ ހިތުން ބަލާށެވެ. الله أكبر ކިޔުމާއެކު އެ އިލާހުގެ ކިބުރިޔާވަންތަކަން ހިތަށް ގެންނާށެވެ. سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ… (ތިޔައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. އޭﷲ. ތިޔައިލާހުގެ ޙަޟުރަތަށް ގިނަގުނަ ޙަމްދުހުއްޓެވެ.
ތިބާ ނަމާދު ނުކުރަނީ ކީއްވެ؟
ނަމާދު ކުރުމަށް اللَّه ތިބާއަށް އަމުރު ކުރައްވާފައިވާކަން އެނގޭހެއްޔެވެ؟ اللَّه ވަޙީ ކުރައްވާފައިވެއެވެ. ) حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ ( މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ގާއިމްވެ
