
Month: ޖޫން 2020


ތިބާ ނަމާދު ނުކުރަނީ ކީއްވެ؟
ނަމާދު ކުރުމަށް اللَّه ތިބާއަށް އަމުރު ކުރައްވާފައިވާކަން އެނގޭހެއްޔެވެ؟ اللَّه ވަޙީ ކުރައްވާފައިވެއެވެ. ) حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ ( މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ގާއިމްވެ

އަބަދު ކުށްދައްކާ ބައްޕަ
އަހަރެންގެ ބައްޕަ އެންމެ ކުރާހިތްވާ އެއްކަމަކީ ހަމަ ޔަގީނުންވެސް އަހަރެންގެ ކުށް ދެއްކުމެވެ! ހަނދާން ނެތިގެން ނަމަވެސް އަހަންނަށް ނުކުރެވި ހުރި ކަންކަން، ފަހަތުން ހިންގަވަމުން ދައްކަވަމުން، ފަހަތުން ނުނެއްޓި އުޅުއްވުމެވެ! ބޮތްކާއި ފަންކާ ނުނިއްވާ އަހަރެން ކޮޓަރިން ބޭރުގައި އުޅޭވާހަކައެވެ. ކައިގެން އަތްދޮވެފައި އަހަންނަށް އިސްކުރު ބާރު

ލިޔުންތެރިކަމާއި ޚަބަރު ފެތުރުމަކީ މަސްއޫލިއްޔަތު ބޮޑު ކަމެއް
ލިޔުންތެރިކަމާއި މަޢުލޫމާތު ފެތުރުމަކީ އިންސާނީ ޙަޔާތް ކުރިއަރުވައި ކާމިޔާބު ބަޔަކަށް ވުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ކަމެކެވެ. އަމުދުން މި ޒަމާނުގައެވެ. ކުރިއަރާފައިވާ ޤައުމުތަކާއި ތަރައްޤީވަމުންއަންނަ ޤައުމުތަކާއި އެންމެ ފަޤީރު ޤައުމުތަކުގައިވެސް މެއެވެ. ކަންމިހެން ހުރުމާއެކު އަޅުގަނޑުމެން


ކުރަން އާދަވި ނުބައި ކަންކަން ކަލޭގެ ކިބައިގައި ހަރުލާނެ!
ގަދީމީ ރަށެއްގައި މާކުރީ ޒަމާނެއްގައި އުމުރުން ދޮށީ އަންހެނަކު އުޅުނެވެ. މި ވާހަކައިގެ ކަންކަން ހިނގި ދުވަސްވަރު މީނާގެ ފިރި މަރުވެ ހުވަފަތް ވިއިރު ދުނިޔޭގައި ހުރީ އެންމެ ދަރިއެކެވެ. ޒުވާން އުމުރުގެ ފިރިހެން ކުއްޖެކެވެ. އިހުގެ ރަށްރަށުގެ ރަށްފުށު ހިސާބު ހިސަބުގައި، އާދައިގެ މީހުންނަށް ކުރެވެން އޮންނަނީ

ކޭތަ ނަމާދު ކުރާނެ ގޮތް
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ، وَبَعْدُ! ކޭތަ ހިފުމަކީ، އިރާއި ހަނދާއި ބިން ދަތުރު ކުރަމުންދާއިރު އެއްދަނޑިއަކަށް ދިމާވުމެވެ. މިގޮތުން އިރާއި ބިމުގެ ދެމެދަށް ހަނދުވަނުމުގެ ސަބަބުން އިރުންބައެއް ނުފެންނަ ގޮތްވެއެވެ. ނުވަތަ ހަނދަށް ބިމުގެ ހިޔަނި އެޅުމުގެ ސަބަބުން


ދަރިވަރުންގެ މުޅި އުމުރު ދުވަހަށް ހަނދާން ހުންނާނެ ފިލާވަޅެއް
އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށާއި އެމީހުން އެކިޔާ ' ކުލައިގެ މީހުންނަށް' މަދަނީ ހައްގުތައް ހޯއްދަވައިދެއްވަން ކުރެއްވި ބުރަ މަސައްކަތުގައި އޭނާގެ ފުރާނައިން ގުރުބާންވި ޚިދުމަތްތެރި އެއް ބޭލަކަކީ ޑޮކްޓަރ މާޓިން ލޫތަރ ކިންގް އެވެ. ހޯއްދަވައިދެއްވަން އެ އުޅުއްވާ ހައްގުތައް ކަޅުމީހުންނަށް ލިބިދާނެތީ، ހިތުގައި ނަފުރުތަގު ހުޅުގަނޑު

ކޮރޯނާވައިރަސް – އިންސާނާގެ ޙަޔާތްބަދަލުކޮށްލި
ޢަރަބި މި ސާލުބަހެއްގައި ބުނެއުޅެއެވެ. "ބައެއް ގެއްލުމަކީ ފައިދާއެކެވެ." ކޮރޯނާވައިރަސް ވަބާގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ މީހުންނާއި ކުރިމަތިވި ނުރައްކާތެރި ހާދިސާއާއި މި މިސާލުބަހާއި ގުޅެއެވެ. މިވަބާގައި އެތަކެއް މީހުންގެ ފުރާނަވަނީ އެމީހުންނާއި ވަކިވެފައެވެ. ގައުމުތައް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ކުންފުނިތައް ވަނީ އިނދަޖެހިފައެވެ.