އީމާންކަމުގެ ސަބަބުން އިންސާނާއަށް އަންނަނީ ކޮން ބަދަލެއް؟
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް މުއުމިނަކަށްޓަކައި އީމާންކަން ވެގެންދަނީ ހައްދެއް ނެތް މިންވަރަށް ﷲއަށް އީމާންވުމަށެވެ. އީމާންކަމުގެ ސަބަބުން އޭނާގެ މުޅި ޝަޚުސިއްތަު ބަދަލުވެގެން ހިނގައިދެއެވެ. އޭނާގެ މުޅި ދިރިއުޅުން އާޚިރަތާ ދިމާއަށް އެނބުރިދެއެވެ. އީމާންކަމުގެ ހަގީގަތަކީ ﷲ މައުރިފާވުމެވެ. ނުވަތަ ދެނެގަނެވުމެވެ. އެއްވެސް
