ދީން

"އިސްލާމް"ގެ މާނަ

މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް އިސްލާމްދީނަކީ ﷲއަށް ކިޔަމަންގަތުމުގެ ދީނެވެ. އެ ދީނަށް އީމާންވުމާއެކު އިންސާނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައިދެއެވެ. އެޔާއެކު އޭނާގެ އެދުންތަކާއި އިހުސާސްތަކާއި ޝައުގުވެރިކަންވެސް ބަދަލުވެއެވެ. މި ހުރިހައި ކަމެއްގައި ޖެހެނީ ﷲއަށް ކިޔަމަންގަތުމުގެ ކުލައެވެ. [އިސްލާމް] މި ބަހުގެ

ދީން

ކީރިތި ރަސޫލާގެ ސުންނަތް

މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ހަދީސު ޖަމާކުރެވިފައިވާ ފޮތްތަކަކީ ކީރިތި ރަސޫލާގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުގެ ޖަމާއެކެވެ. ކީރިތި ޤުރްއާނުން ގެނެސްދެނީ އަމުރުތަކެވެ. ހަދީސުން ދައްކައިދެނީ އަމަލެވެ. ކީރިތި ޤުރްއާނަކީ ﷲގެ ކަލާމުފުޅެވެ. ބަސްފުޅެވެ. އެ ފޮތުގެ ކޮންމެ ލަފުޒަކީވެސް އަދި އެ ލަފުޒުގެ މާނައަކީވެސް

ދީން

ކީރިތި ޤުރްއާނަކީ ކޮން އެއްޗެއް؟

މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ކީރިތި ޤުރްއާނަކީ ދާއިމަށް ދެމިގެންވާ އިލާހީ ފޮތެކެވެ. އިލާހީ ހިދާޔަތުގެ މުޢުތަބަރު ފޮތެކެވެ. އެއީ މީސްތަކުންނަށްޓަކައި އޮތް ރަޙްމަތެއް ކަމުގައި ހިމެނޭ ފޮތެއްމެއެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމުފުޅެވެ. އެ ފޮތް ވަނީ ބާވައިލެއްވި ގޮތަށް ރައްކާތެރިކުރެވިފައެވެ.

ދީން

ރަސޫލުބޭކަލުންގެ ދައުރު

މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ރަސޫލުބޭކަލުން ތިއްބަވަނީ ﷲއާއި އިންސާނުންނާ ދެމެދުގައެވެ. ﷲގެ މެސެޖު އިންސާނުންނަށް ފޯރުކޮށްދެއްވަނީ އެބޭކަލުންނެވެ. ރަސޫލުބޭކަލުންނަކީ ﷲ އެކަލާނގެ މެސެޖު އިންސާނުންނަށް ދެއްވުމަށްޓަކައި ވަސީލަތެއްގެ ގޮތުގައި ހޮއްވަވާ ބޭކަލުންނެވެ. ﷲ ރަސޫލުބޭކަލަކު ޚިޔާރު ކުރެއްވީމާ، އެކަލާނގެ މެސެޖާއިގެން އެ ބޭކަލަކާ

ދީން

މަލާއިކަތުންނަކީ ކޮން ބައެއް؟

މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް މަލާއިކަތުންނަކީ ﷲގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރައްވާ ވަފާތެރިފުޅު ބައެކެވެ. އެބޭކަލުންނަށް ﷲ ވަނީ ޚާއްސަ ބާރުފުޅުތަކަކާއި އިޚްތިޔާރުތަކެއް ދެއްވައި ކާއިނާތުގެ ކަންތައްތައް އިންތިޒާމު ކުރެއްވުމާ ޙަވާލުކުރައްވައިފައެވެ. މަލާއިކަތުންނަކީ ﷲ ހައްދަވައިފައިވާ މަޚްލޫޤުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެ ބޭކަލުންނަށް

ދީން

ﷲ ގެ އެއްކައުވަންތަކަން

މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ﷲ ގެ އެއްކައުވަންތަކަމުގެ ތަސައްވަރަކީ އިސްލާމްދީނުގެ އެންމެ މުހިއްމު އަސާސެވެ. ދީނުގެ އެހެން ހުރިހައި ތައުލީމެއް ބިނާވެފައި ވަނީ މި އަސާސުގެ މައްޗަށެވެ. ﷲ އަކީ އެއްކައުވަންތަ ކަލާނގެއެވެ. އެއީ އުފެދުމެއް، ނެތިދިއުމެއް ނެތް އަބަދަށް ދެމިވޮޑިގެންވާ ކަލާނގެއެވެ.

އަޚްލާޤް

ދަންމަރު: މަރަށް ތެޅެމުންދާ ދުނިޔޭގެ އެހީތެރިއަކީ ކޮބާ؟

ޝާހް ޤާދިރީ ސައްޔިދު މުޞްޠަފާ ރިފާޢީ ޖީލާނީ ނަދްވީ ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ގެނބެމުންދާ މީހާ ފެންމަތީން ފެންނަ ހުއިކޮޅެއްގައިވެސް ހިފާނެއޭ ބުނެވެއެވެ. މިއީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އެކަމަކު އެ ހުއިކޮޅުގައި އެލިގަތުމަކުން އެ މީހަކު ސަލާމަތެއް ނުވާނެއެވެ. ހުއިކޮޅާއެކު މީހާވެސް ގެނގޭނީއެވެ. ގެނބެމުންދާ

އަޚްލާޤް

4 – ބައްޕަގެ ދުޢާގެ ސަބަބުން ދަރިފުޅަށް ލިބުނު މަތީ ދަރަޖަ

މިއީ ދިރިއުޅުން ދަތި، ދިރިއުޅުމުގެ އުފަލާއި ތަނަވަސްކަމުން މަހުރޫމުވެފައިވާ މީހަކުގެ ވާހަކައެވެ. އޭނާއަށް އަބަދުވެސް އޮންނަނީ މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ދުވާލު ހަތަރުދަމުގެ މަސައްކަތުން ހޯދާ ފައިސާކޮޅު އޭނާ ގެންގޮސް ދެނީ ބައްޕަގެ އަތަށެވެ. އޭނާގެ އާދައަކީ ކުރާނޭ މަސައްކަތެއް ލިބޭތޯ ދުވާލު އެކި ދިމަދިމާއަށް ހިނގުމެވެ.

ދީނާއި ސައިންސް

ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ މަންނަ އާއި ސަލްވާގެ މައްޗަށް ސައިންސީގޮތުން ބަލައިލުމެއް

އަޞްލު ލިޔުއްވީ: ޑޮކްޓަރ މުޙައްމަދު އިޤްތިދާރު ޙުސައިން ފާރޫޤީ ތަރުޖަމާކުރީ: ޢަބްދުالله ފާރޫޤް ޙަސަން އެންމެ ފުރަތަމަ އަޅުގަނޑު ބަލައިލާނީ މަންނަ އާއި ސަލްވާގެ ނަންތަކުގެ މައްޗަށެވެ. ދިވެހިބަހުން ވާހަކަ ދެއްކުމުގައިވެސް ލިޔެކިޔުމުގައިވެސް މަންނަ އާއި ސަލްވާގެ ވާހަކަ ވަރަށް އާންމެވެ. އެހެންކަމުން މިދެބަސްވެސްވަނީ ދިވެހިބަހުގެ ރަދީފަށް ވަދެފައެވެ.

އަޚްލާޤް

އުށްބައްތި 1: އަނދިރި ކޮޓަރިއަކަށް ވަނުން

ޑޮކްޓަރ ޢަބްދުލްކަރީމް ބައްކާރް ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް އިންސާނާ ދުނިޔެއަށް އުފަންވުމާއެކު އޭނާގެ ވަށައިގެން ވާހައި ތަކެއްޗެއް ދެނެގަތުމުގެ މަސައްކަތް ފަށަައިގަނެއެވެ. އޭގެ ފަހުން، މަގުމަތީންނާއި އިސްކޫލުތަކުން ލިބޭ ތަޖުރިބާއާއި ޢިލްމުގެ އަލީގައި އޭނާގެ މައުލޫމާތު ފުޅާވަމުން، ހުނަރުވެރިކަން އިތުރުވަމުން ދެއެވެ. އޭނާގެ މިސާލަކީ އެކި ބާވަތުގެ