
އަޚްލާޤާއި މުޢާމަލާތުގައި އޭގެ އަސަރު (1)
އަޚްލާޤަކީ ފަރްދުންނާއި ޖަމާޢަތުގެ އިޞްލާޙާއި ޤައުމުތަކުގެ ކުރިއެރުމާއި ތަރައްޤީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ހަމަ އެފަދައިން އެއީ ފަރްދުންނާއި ޖަމާޢަތުގެ ފާސިދުކަމާއި ޤައުމުގެ ނާތަހްޒީބުކަމާ ވެސް ގުޅިފައިވާ މުހިއްމު ބަހާއެކެވެ. މިހެންވެ އިންސާނީ ތާރީޚުގެ ހުރިހާ ޒަމާންތަކެއްގައި ވެސް މުޞްލިޙުންނާއި ޤައުމުތަކުންނާއި ޖަމާޢަތްތަކުން އަޚްލާޤަށް ވަރަށް ބޮޑު