ރިވެތި އަޚުލާގުގެ އަސާސް
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް އިސްލާމްދީނުގައި ރިވެތި އަޚުލާގުގެ އަސާސަކީ އަނެކާ ތިމާޔާމެދު ކަންތައް ކުރުން އެދޭ ގޮތަށް އޭނާޔާމެދު ކަންތައްކުރުމެވެ. އަމިއްލަ ނަފްސަށްޓަކައި ހެވަށް އެދޭފަދައިން އެހެން މީހުންނަށް ހެވަށް އެދުމެވެ. އަޚުލާގަކީ ދޭދޭ މީހުންގެ މެދުގައި އޮންނަ ސުލޫކެވެ. އެކި މުއާމަލާތްތަކުގައި
