ދުޢާގެ ސަބަބުން އީމާންކަން ތާޒާވޭ
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް ދިމާވާ ކޮންމެ ކަމަކާއެކު މުއުމިނާގެ ދޫމައްޗަށް ކޮންމެވެސް ދުޢާއެއް އާދެއެވެ. އެ ދުޢާގެ ސަބަބުން އޭނާގެ އީމާންކަން ދުވަހުން ދުވަހަށް ތާޒާވަމުންދެއެވެ. މަރުވުމާހަމައަށް މިކަން މެދުނުކެނޑި ކުރިއަށް ދެއެވެ. އިސްލާމްދީނުން އަހަރެމެންނަށް ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި ދުޢާކުރުން ހިމެނެއެވެ.
