حنين ހަނގުރާމައިގައި މުޝްރިކުންގެ ލަސްކަރުގެ ސަރުދާރަކަށް ހުންނެވީ مالك بن عوف النصرى އެވެ. بنو هوازن އަށް ނިސްބަތްވެވަޑައިގަންނަވާ މި ކޮމާންޑަރު حنين ގެ މައިދާނަށް ވަޑައިގަތީ بنو ثقيف ގެ އެހީއާއެކު ފަންސަވީސް ހާސް މީހުންގެ ލަސްކަރަކާއިގެންނެވެ. އެއީ ވިސްނުންފުޅު ތޫނު، ހިތްވަރުފުޅު ގަދަ ބޭކަލެކެވެ.