ދީން
މުހައްރަމް މަހުގެ މާތްކަމާއި އެމަހުގައި ރޯދަ ހިފުން
ދުނިޔެ ދައުރުވުމުގައި މާތްކަމާއި އިތުރުކަން އެކުލެވިގެންވާ ދުވަސްތަކާއި މައްސަރުތައް ތަކުރާރުވާގޮތް ލައްވާފައިވުމީ މާތް اللَّه އެކަލާނގެ އަޅުތަކުންނަށް މިންވަރު ކުރައްވާފައިވާ ނިޢުމަތެކެވެ. މާތް اللَّه ގެ ފަޟުލުވެރިވަންތަކަމުން އެކަލާނގެ އަޅުތަކުންނަށް ދެއްވާ ޘަވާބާއި އަޖުރު، އެދުވަސްތަކުގައި އިތުރުކޮށް ދެއްވުމުގެ ގޮތުންނެވެ. ޙައްޖު މޫސުމް ނިމުމާއިއެކު އެއާއިވިދިގެން އަންނަނީ މާތްވެގެންވާ
ކީރިތި ރަސޫލާގެ ނަބަވީ ހިޖްރައިގެ ޒިކުރާ
ހިޖްރީ ކަލަންޑަރުގެ ފެށުން ހިޖްރީ އައު އަހަރެއްގެ ފެށުމާއެކު ލޮބުވެތި ރަސޫލާގެ މި މަތިވެރި ޒިކުރާ އަޅުގަނޑުމެންގެ ހަނދާނަށް އާދެއެވެ. އިސްލާމީ ދައުލަތުގެ ދެވަނަ ޚަލީފާ ޢުމަރުލްފާރޫޤު ، ކީރިތި ރަސޫލާގެ ބަރަކާތްތެރި ޢަމަލުފުޅުތަކުގެތެރެއިން މި ބަރަކާތްތެރި ހާދިސާއިން އިސްލާމީ އުއްމަތުގެ ތާރީޚު ޖައްސަވަން އިޚްތިޔާރު ކުރެއްވީ ކީއްވެގެންބާވައެވެ؟
ޑރ. مُحَمّدُ مَشَالِي – މިސްރުގެ ނިކަމެތީންގެ ޑަކްޓަރު ނިޔާވެއްޖެ!
އަޅުގަނޑަށް ލަފާކުރެވެނީ މިސްރުގެ طَنْطَا ގެ ނިކަމެތީންނަށް ފަންސާހަކަށް އަހަރު ހިލޭކަހަލަ ގޮތަކަށް ފަރުވާ ކޮށްދެއްވި ޑރ. މުޙައްމަދު މަޝާލީގެ ނަންފުޅު ތިބާ މިހައިތަނަށް އަޑުއައްސަވާފައެއް ނުވާނެ ކަމުގައެވެ. މި މަޒްމޫނުގައި އެ ހިތްތިރި، އޯގާވެރި ޑަކްޓަރުގެ ޚިދުމަތާ ބެހޭގޮތުން އޭނާއަށް ހައްގުވާ މިންވަރަށް އަޅުގަނޑަށް ލިޔެވިއްޖެނަމަ، މިދެންނެވި
އެކަމަނާ އިޓަލީގައި ރޯކުރެއްވި ދަންމަރުގެ އަލި މި ރާއްޖެއަށް ފޯރި! (3)
(1 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ) ޑރ. މާރިޔާ މޮންޓެސޯރީގެ ހުރިހައި ކާމިޔާބެއްގެ ފަހަތުގައި ހުންނެވި، އަދި އެކަމަނާގެ ދިރިއުޅުއްވުމުގައި ދިމާވި ކޮންމެ ހަނގުރާމައެއްގައި ވާގިވެރިވެދެއްވައި ހިތްވަރު ދެއްވި ޙަޔާތުގެ އެއް ތަނބު ކަމުގައިވި ލޯބިވާ މަންމާފުޅު 1912 ވަނަ އަހަރު، ނިޔާވުމުން ލިބިލެއްވި ފުން
ކައިވެނި ކުރުން
ކައިވެނީގެ ގުޅުމަކީ ޢާއިލާއެއް ބިނާ ކުރުމަށް އެޅޭ އެންމެ ފުރަތަމަ ބިންގަލެވެ. އިންސާނީ ނަސްލު ދެމެހެއްޓުމަށްޓަކައި ކީރިތި ﷲ އުފައްދަވާފައިވާ ދެޖިންސުގެ ދެމީހުންގެ ދެމެދުގައި ޤާއިމުކުރެވޭ މަތިވެރި ގުޅުމެކެވެ. ދެމީހުންގެ ފުށުން ހެޔޮލަފާ ދަރިފަސްކޮޅެއް އުފެދުމުގެ މަތިވެރި މަޤްޞަދުގައެވެ. އެހެންކަމުން، ކައިވެނި ކުރެވޭ ފެންވަރުގެ ކޮންމެ މީހަކަށް ދީނުގައި
