މުއުމިނާގެ ހެނދުނާއި ހަވީރު
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް މުއިމިނާ ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ﷲ ތަޢާލާގެ މަތީން ހަނދާންކުރަމުންނެވެ. އެކަލާނގެ ރުއްސެވުމާއި ރަޙުމަތަށް އެދެމުންނެވެ. އޭނާ ދިރިއުޅޭނީ އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައެވެ. އިސްލާމީ ދިރިއުޅުމަކީ މުޅީން ފުރިހަމަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި އޭނާގެ ދިރިއުޅުމުގެ
