ރިޒުގުދެއްވަނީ ﷲ
މަވްލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް އަހަރެމެންނަށް ރިޒުގުދެއްވަނީ ﷲއެވެ. އެކަލާނގެ ރަޙުމަތް ކޮޅުންނުލާހައި ގިނައެވެ. މިކަން ގަބޫލުކުރެވިއްޖެނަމަ އިންސާނާ އަޅުކަންކުރާނީ ހަމައެކަނި ﷲއަށެވެ. ކީރިތި ޤުރްއާނުގެ ދެވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. [އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި
