ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 14
(18 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ) إبـــن إسحـــاق ރިވާކުރައްވައިފައިވެއެވެ. حــلـيـمـــة ގެފާނު ވިދާޅުވިއެވެ. ކިރުދޭނެ ކުދީން ހޯދާން މައްކާއަށް އައި ســعــد ވަންހައިގެ އަންހެނުންގެ ޖަމާޢަތެއްގައި އަހަރެންވެސް މައްކާއަށް އަތުވެއްޖައީމެވެ. އަހަރެންގެ ފިރިކަލުންނާއި އަހަރެންގެ ކިރުބޯ ތުއްތު ކުއްޖަކާ އެކުގައެވެ. އެދުވަސްވަރަކީ ރަށްތަދު ތަދުމަޑުކަމުގެ
