

އަޞްލު ލިޔުއްވީ: ޑޮކްޓަރ މުޙައްމަދު އިޤްތިދާރު ޙުސައިން ފާރޫޤީ ތަރުޖަމާކުރީ: ޢަބްދުالله ފާރޫޤް ޙަސަން އެންމެ ފުރަތަމަ އަޅުގަނޑު ބަލައިލާނީ މަންނަ އާއި ސަލްވާގެ ނަންތަކުގެ މައްޗަށެވެ. ދިވެހިބަހުން ވާހަކަ ދެއްކުމުގައިވެސް ލިޔެކިޔުމުގައިވެސް މަންނަ އާއި ސަލްވާގެ ވާހަކަ ވަރަށް އާންމެވެ. އެހެންކަމުން މިދެބަސްވެސްވަނީ ދިވެހިބަހުގެ ރަދީފަށް ވަދެފައެވެ.